މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

އެސިސްޓަންޓް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޔުނިޓް:

ރިޓަރން އެންޑް ޕޭމަންޓް ޕްރޮސެސިންގ ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ޔުނިޓް

އަސާސީ މުސާރަ:

-/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2,000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ކައުންޓަރުން ފައިސާ ބަލައިގަތުމާއި އަދި ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސްލިބިފައިވުން

މި މަޤާމަށް މުވައްޒަފުން ހޮވުމުގައި، އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމު:

އެސިސްޓަންޓް އޮފިސަރ، ޓެކްސް ކްލިއަރެންސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް / ޔުނިޓް:

އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަންޔުނިޓް

އަސާސީ މުސާރަ:

-/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2,000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޓެކްސް ނުދައްކާ ފަރާތްތަކާ މުޢާމަލާތްކޮށް ލިބެންޖެހޭ ޓެކްސް ހޯދުމާއި ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކްސް ރިޓަރން ހުށަނާޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

- ޓެކްސްދައްކާ ފަރާތްތަކުން، ދައުލަތުގެ އިދާރާތަކުންނާއި އަދި ތާރޑް ޕާޓީ ޓެކްސް ކްލިއަރެންސް ދިނުން

- ބައުންސް ޗެކާ ގުޅޭ ފައިސާ ހޯދުމާއި ފައިން ރިލީފްގެ މަސައްކަތް ކުރުން

ޝަރުޠު:

- އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

މި ފާސްތަކަކީ އެކައުންޓިންގ ހިމެނޭ ގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްޞާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާ އާއި މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

 

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަން ވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  3. ކަރިކިއުލަމް ވިޓާ (ސީވީ).
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)).

 

ނޯޓް:

- މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

 

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05 ނޮވެންބަރު 2014 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

02 މުޙައްރަމް 1436 

26 އޮކްޓޫބަރު 2014
ހޯދާ