ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުސަތު

   މަޤާމް: އެޑްމިނިސްޓްރޭޓަރ

   ބޭނުންވާ އަދަދު: 1

   ރޭންކް: އެމް.އެސް 3

   ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ  

   މުސާރަ: -/7035 ރުފިޔާ

   ސަރވިސް އެލަވަންސް: -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް: ހިތަދޫ ސްކޫލް، ސ.ހިތަދޫ

   ގިންތި: ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ހިތަދޫ ސްކޫލް، ސ.ހިތަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ބަޖެޓާއި، އެކިއެކި ފަންޑުތަކާއި، ބޭންކުގައި ހުޅުވާފައި ހުންނަ ސްކޫލުގެ އެންމެހައި އެކައުންޓުތަކާއި، އެނޫނަސް ސްކޫލަށް ވަދެ ނިކުންނަ ކޮންމެ ފައިސާއަކާބެހޭ އެންމެހައި ކަންތައްތައް ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ރާވައި، ހިންގައި ބެލެހެއްޓުމާއި، ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެންމެހައި ކަންތައްތައް، އޮމާންކަމާއެކު ހިންގުމަށްޓަކައި އިދާރީގޮތުން ހަމަޖެހިފައި ހުންނަންޖެހޭ އެންމެހައި ކަންތައް ހަމަޖެހި އިންތިޒާމްވެފައިވާކަން ކަށަވަރުކޮށް، އެކަން ހިންގައި ބެލެހެއްޓުން.
  2. ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި، މުދަލާއި، ސްކޫލަށް މިލްކުވެގެންވާނަމަ ވާހައި ރުއްގަހާއި، ބިންތައް، ރައްކާތެރިކަމާއި ސާފުތާހިރުކަމާއެކު ގެންގުޅެ ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި، އެކަން ހިންގައި ބެލެހެއްޓުމާއި، ކުދީންނާއި، މުވައްޒަފުންގެ ބޯފެނާއި، ފާޚާނާގެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލްގައި ހިންގާ ހަރަކާތްތަކާއި، މުވައްޒަފުންގެ މަސައްކަތާބެހޭ އެންމެހައި ކަންތައްތައް ރެކޯޑުކުރެވި، އެނަލައިޒުކޮށް ރައްކާކުރެވި، ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެހެން އިންތިޒާމްތައް ކުރެވިފައި ހުރުމާއި، ސްކޫލުގެ ތާރީޚަށްޓަކައި، އުފައްދައި ރައްކާކުރަންޖެހޭ ލިޔުންތަކާއި، ފޮޓޯތަކާއި، ރިޕޯޓުތައް އުފައްދައި ގެންގުޅެ ފަހަށް ރައްކާކުރަންޖެހޭ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި، މިކަން ހިންގައި ބެލެހެއްޓުމާއި، އިދާރީ މުވައްޒަފުންނާއި މަސައްކަތު މީހުންގެ މެދުގައި މަސައްކަތް ބެހުމާއި، ފަސޭހަކަމާއެކު ސްކޫލުގެ މަސައްކަތް ކުރެވޭނޭ އިންތިޒާމްތައް ހަމަޖެއްސުމާއި، މުވައްޒަފުންނާ ގުޅިގެން ކުރަންޖެހޭކަމަށް ސިވިލް ސަރވިސްގެ ޤަވާޢިދުގައި ބުނާ އެންމެހައި ކަންތައްތައް ހިންގައި ރާވައި ބެލެހެއްޓުން.

ޝަރުޠު:                         

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤަބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ވަޒީފާގެ ޝަރުޠު ( ކަނޑައެޅިފައިވާ އިންސައްތަ: )   

- ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %40)

- މަސައްކަތުގެ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ: )

- އިންޓަރވިއު ( ކަނޑައެޅިފައިވާ އިންސައްތަ: %38) 

އިންޓަވިއުކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 9 ނޮވެންބަރު 2014 އާއި 13 ނޮވެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ސްކޫލްގެ އޮފީހުން ލިބޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހިތަދޫ ސްކޫލުގެ އޮފީހަށެވެ.

-  ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 6 ވާ ބުރާސްފަތި  ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހިތަދޫ ސްކޫލުގެ ނަންބަރު 6886908  ފޯނަށް ގުޅުން އެދެމެވެ.

27 އޮކްޓޫބަރު 2014
ހޯދާ