ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

އީ.އެކްސް 1

މަޤާމު:

ރޭންކް:

ޑިރެކްޓަރ

ކްލެސިފިކޭޝަން

ހުވަދުއަތޮޅު އުތުރުބުރީ ވިލިގިނލީ ކައުންސިލްގެ އިދާރާ

-

އޮފީސް / އިދާރާ

ސެކްޝަން

ހުވަދުއަތޮޅު އުތުރުބުރީ ވިލިގިނލީ ކައުންސިލްގެ އިދާރާ/ ގއ. ވިލިގިނލީ

8,835.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިދާރާގެ ތަރައްޤީއަށްޓަކައި ކުރުމަށް ކައުންސިލުން ކަނޑައަޅާ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ރަށުގެ ތަރައްޤީގެ މާސްޓަރ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  4. ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ކައުންސިލަށް އެހީތެރިވުން.
  5. ރަށު ފެންވަރުގައި އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާ ގުޅޭ ގަވާއިދު ހަދައި ކައުންސިލަށް ހުށަހެޅުން.
  6. ރަށު ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފީ ކަނޑައަޅައި ކައުންސިލަށް ހުށަހެޅުން.
  7. ރަށު ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިދާރި މަސައްކަތްތައް ކަމާބެހޭ މުވައްޒަފުން ލައްވާ ކުރުވުން.
  8. މަދުވެގެން ކޮންމެ ހަފްތާއަކު 1 ފަހަރު ކައުންސިލްގެ ތާވަލްކުރެވިފައިވާ ޢާންމު ބައްދަލުވުމެއް ބޭއްވުން.
  9. ކައުންސިލްގެ ކުއްލި ބައްދަލުވުންތައް ޤާނޫނުގައިވާ ގޮތުގެ މަތިން ބޭއްވުން.
  10. ކައުންސިލްގެ އިދާރާއަށް މުވައްޒަފުން އައްޔަންކޮށް، ބަދަލުކޮށް އަދި ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުއްވުމުގެ މަސައްކަތް ކުރުން.
  11. ކައުންސިލްގެ އިދާރާ ހިންގުމުގައި އިދާރީ ގޮތުން ކައުންސިލްގެ ރައީސާއި ނާއިބު ރައީސަށް ބޭނުންވާ އެހީތެރިކަން ދިނުން.
  12. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ބަޖެޓް ސްޓޭޓްމަންޓް ކައުންސިލަށް ހުށަހެޅުން.
  13. ސަޕްލިމެންޓްރީ ބަޖެޓެއް ތައްޔާރުކުރަން ޖެހިއްޖެނަމަ އެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން.
  14. ރަށުގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ ވިޔަފާރިތަކާ ބެހޭ އެންމެހާ ކަންތައްތައް ބަލަހައްޓަމުން ދިއުން.
  15. ކައުންސިލް މެމްބަރުން ބަދަލުވާ ހާލަތުގައާއި ކައުންސިލްގެ ނަން ބަދަލުވާ ހާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލޭ ގޮތެއްގެ މަތިން އިދާރީ ހިންގުމުގެ ކަންތައްތައް އިންތިޒާމް ކުރުން.
  16. އިދާރާއިން ކުރުމަށް ޤާނޫނަކުން ކަނޑައަޅައިފި ކޮންމެ ކަމެއް އިދާރީ ގޮތުން ކައުންސިލުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  17. ކައުންސިލްގެ މަގްސަދާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލް ހަރަކާތްތެރި ކުރުވުމަށް ކުރެވޭ އިދާރީ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
  18. ކައުންސިލްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި މަސްލަހަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
  19. ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.
  20. އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުންގެ މަސައްކަތްތައް ހިނގާނެ ގޮތުގެ އިރުޝާދާއި ލަފާ ދިނުމާއި އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  21. ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ލިބިފައިވާ ތައުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު
  4. އިމްތިޙާނު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2014 ނޮވެންބަރު 23 އާއި 2014 ޑިސެންބަރު 4 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި، އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 ނޮވެންބަރު 12 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެ އެވެ. (އީމެއިލް:[email protected]  / ފެކްސް ނަންބަރު: 3303648 )

އުޖޫރައާއި އިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 

 

 

 

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

3 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ