ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/625

ތާރީޚު: 27 އޮކްޓޫބަރު 2014

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

މުސާރަ:

-/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޮލޮޖީ

ޔުނިވަރސިޓީ އެލަވަންސް:

-/1،522 ރުފިޔާ

ކްލެސިފޭކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުޠު:

 

 

 

 

 

 

 

 

1. މަގާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ     

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބުލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ         

3. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ

4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

5. މަގާމުގެ މަސައްކަތުކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކަކާ  އެއް  ފެންވަރުގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ      އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  2. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ލެޕްޓޮޕްތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  3. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ނެޓްވޯކް ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން
  4. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ލޭޒާ ޕްރިންޓަރުތަކަށް ދިމާވާ އެންމެހާ މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  5. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ޑެސްކްޓޮޕް، އެޗް. ޕީ ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  6. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ސްކޭނަރތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  7. ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކްޝަންކުރުން.
  8. ވައިރަސް ކްލީންކޮށް ޔުނިވަރސިޓީން ގެންގުޅޭ އުސޫލުތަކާ އެއްގޮތަށް ބެލެހެއްހެއްޓުން.
  9.  ފެކަލްޓީގެ އެތެރޭގެ ނެޓުވާރކަށް ދިމާވާ މައްސަލަ ރަނގަޅުކުރުމާއި، ފެކަލްޓީގެ އެތެރޭގެ ތަނަކަށް ނެޓްވާރކް
  10. ޕޮއިންޓެއް އަޅަންޖެހިއްޖެ ޙާލަތްތަކުގއި އެޅުން.
  11. މެއިން ނެޓްވާރކަށް މައްސަލައެއް ދިމާވެއްޖެނަމަ، ޔުނިވަރސިޓީގެ އައިޓީ ސެކްޝަނާ ގުޅިގެން އެކަމެއް ރަނގަޅުކުރުން.
  12. ޕެޗުކޭބަލެއް ސްވިޗެއް، ޕޭސްޕްލެޓެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ރަނގަޅުކުރުން.
  13. ޚާއްޞަ ސޮފްޓްވެއަރއެއް އަޅާފައި ހުންނަ ކޮމްޕިއުޓަތަކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  14. ފެކަލްޓީގައި ބޭނުންކުރާ އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުމުގައި ބައިވެރިވެ އެހީތެރިވުން.
  15. ފެކަލްޓީއަށް ބޭނުންވާ ހުރިހާ އޯޑިއޯވިޝުއަލް ތަކެތި ބެލެހެއްޓުމާއި، ސެޓްކުރުމާއި، މެއިންޓޭން ކުރުން.
  16. ފެކަލްޓީއަށް ބޭނުންވާ ފޮޓޯނެގުމާއި، ތަކެތި ވީޑިއޯކުރުމާއި، ރެކޯޑްކުރުމާއި، އެ ތަކެތި ބެެލެހެއްޓުން.
  17. ފެކަލްޓީގެ ކިލާސްތަކަށް ތައްޔާރުކުރަންޖެހޭ މަލްޓިމީޑިއާ ތައްޔާރުކުރުމާއި، ފެކަލްޓީން ބޭރުތަނެއްގައިވެސް ފެކަލްޓީގެ މިފަދަ ތައްޔާރީތައް ކުރަންޖެހޭ ޙާލަތްތަކުގައި ކުރުމާއި،  މިތަކެތި މެއިންޓޭން ކުރުން.
  18. އޮފީހުން ހަމަޖައްސާގޮތެއްގެމަތިން އިތުރުގަޑީގެ ޑިއުޓީއަށް ނިކުތުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  •  ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
27 އޮކްޓޫބަރު 2014
ހޯދާ