ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ޚަރަދުގައި ގެއެއް އަޅައިދިނުމާބެހޭ

ގއ. ވިލިނގިލީ ރަންކޮކާގެ ގޯތީގައި ސަރުކާރުގެ ޚަރަދުގައި ގެއެއް އަޅައިދިނުމާބެހޭ

ގއ. ވިލިނގިލީ ރަންކޮކާގެ ގޯތީގައި ދައުލަތުގެ ޚަރަދުގައި ގެއެއް އަޅައިދިނުމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވާތީ, އެ ޙުކުމާ އެއްގޮތަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ގެއެއް އެޅުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރުން ވަނީ ނިންމަވާފައެވެ.

ވީމާ، ގއ. ވިލިނގިލީ ރަންކޮކާގެ ގޯތީގައި މެނީލާ ގެއެއް އަމިއްލަ ތަކެތީގައި އަޅުއްވައި ދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ގއ. ވިލިނގިލީ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 6 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.

މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު ތިރީގައި މިދަންނަވަނީއެވެ.

1- މަސައްކަތުގެ އަގަށް    %60

2- ހުށަހަޅާ މުއްދަތަށް    

3- މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަމަށް %20

4- މާލީ ތަނަވަސްކަމަށް  

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ޛުލްޙިއްޖާ 1435

19 އޮކްޓޫބަރު 2014
ހޯދާ