ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/628

ތާރީޚު: 27 އޮކްޓޫބަރު 2014

 

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/7،875 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1،975 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 4

މަޤާމުގެ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއެކު، އެ މުވައްޒަފުންގެ ވަޒީފާބަޔާނުގައި ސޮއިކުރެވިފައިވޭތޯ ބަލައި، އެ މުވައްޒަފުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރޭތޯ ބެލުމާއި، އިދާރީ ކަންކަމުގައި ހެދިފައިވާ އުސޫލުތައް ދެމެހެއްޓުން.
  • ފަންނީ މުވައްޒަފުންގެ ވަޒީފާބަޔާނުގައި ސޮއިކުރެވިފައިވޭތޯ ޗެކުކުރުމާއި، ވަޒީފާ ބަޔާން ހަވާލުކުރެވިފައިނުވާ މުވައްޒަފުން ވަޒީފާ ބަޔާންގައި ސޮއިކުރުވުމުގެ ކަންތައް އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށްގެންދިޔުން.
  • ފެކަލްޓީގެ މަސައްކަތްތަކަށާއި، ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ވަޞީލަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
  • ފެކަލްޓީގެ ޢިމާރާތައް ކުނިކަހައި ފޮޅާ ސާފުކުރުމުގެ ކައްތައް އިންތިޒާމުކޮށް، އެ ރޭވުމާ އެއްގޮތަށް ކަން ކުރޭތޯ ޗެކުކުރުން.
  • ފެކަލްޓީގެ ދަރިވަރުންނާއި މުވައްޒަފުން ކުރަންޖެހޭ ދަތުރުތަކުގެ ކަންތައްތައް، މަރުކަޒީ އިދާރާޔާ ގުޅައިގެން ކުރިޔަށް ގެންދިޔުން.
  • އިންވެންޓްރީއާއި ސްޓޮކް ޤަވާޢިދުން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ފެކަލްޓީގެ ޢިމާރާތްތަކުގެ މެއިންޓަނަންސް ކަންތައްތައް އިންތިޒާމުކުރުމާއި، ފެކަލްޓީން ގެއްލޭ ތަކެއްޗާއި މުދަލަށް ވާނުވާގޮތް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ފެކަލްޓީގެ ކުރިއެރުމަށް ނުވަތަ ދުވަހީ އިންތިޒާމުތައް ކޮށްދިނުމާއި އިމްތިޙާން ތަކަށް ހޯލް / ކިލާސްރޫމްފަދަ ތަންތަން  ތައްޔާރު ކުރުމުގެ ކަންތައް ހަމަޖެއްސުމާއި އިދާރީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ދިނުން.
  • ފެކަލްޓީގެ ބަޖެޓް ތައްޔާރުކުރުމަށް އިދާރީ މަރުކަޒަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، ބަޖެޓުން ކުރެވޭ ޚަރަދުތައް އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުން.

    މުވައްޒަފުގެ ކަންތައްތައް ބެލެހެއްޓުން

  • ނޯޓް: މަތީގައިވާ އެންމެހައި ކަންތައްތައް ކުރަންވާނީ، ޑީން ނުވަތަ ތަން ހިންގެވުމާ ހަވާލުކުރެވިފައިވާ ބޭފުޅެއްގެ މަޝްވަރާގެމަތިންނެވެ.

   ވަސީލަތްތައް ހޯދައި ބެލެހެއްޓުން

  • ފެކަލްޓީގެ ތަކެތި ބޭނުންކުރުމުގައި ވީހައިވެސް ބޮޑަށް އިސްރާފު ކުޑަގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމާއި، ދެވޭ ޚިދުމަތް ދިނުމުގައި ދެމިހުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސްނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން  އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  

 3 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ