މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑިސެމްބަރ 2014 ގެ ކުރު ޢުމްރާ ދަތުރަށް ނަން ނޯޓު ކުރުން ހުޅުވާލުން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިޔަށް އޮތް ޑިސެންބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ކުރު ޢުމްރާ ދަތުރަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ނަންނޯޓު ކުރުން ކުރިޔަށްދާނީ 23 އޮކްޓޫބަރުން ފެށިގެން 06 ނޮވެންބަރުގެ ނިޔަލަށެވެ. ނަންނޯޓު ކުރުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 އިން 16:00 އަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ހޮޓްލައިން ނަންބަރު 3011000 އަށެވެ. އަދި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެންވެސް ނަންނޯޓު ކުރެއްވޭނެއެވެ.

26 ޛުލްޙިއްޖާ 1435

21 އޮކްޓޫބަރު 2014
ހޯދާ