ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މޭސަން/ ޕްލަމްބަރ

މަޤާމު:

މޭސަން/ ޕްލަމްބަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5610.00ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1522.00 ރ

އޮފީސް:

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު 2000.00ރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

 

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް.1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

 

މޭސަން/ ޕްލަމްބަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، މޭސަން ގްރޭޑް1/ ޕްލަމްބަރ ގްރޭޑް1 ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

މޭސަން ގްރޭޑް 1/ ޕްލަމްބަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5020.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު.:1304.00ރ

އޮފީސް

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު 1500.00 ރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.4

 

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދުލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 4 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރޭނުމާއި ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މަރާމާތުގެ މަސައްކަތާއި، ފާރުތަކާއި ގަލާއި ހިލަ އަތުރައިގެން ހަދާފައިވާ ތަންތަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.
  • ގަލާއި ހިލަ، ކޮންކްރީޓް، ކޮންކްރީޓް ބްލޮކް އަޅައިގެން ހިނގާ ތަންތަން ހެދުމާއި، ސިޑިފަދަ ތަންތަން ސިމެންތިން ހެދުމާއި، މަރާމާތުކުރުން.
  • އިމާރާތުގެ ފާރުތަކުގައި ހަލާކުވާ ތަންތަން، ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.
  • ފާޚާނާތަށި، މޫނުދޮންނަތަށި ހަރުކޮށް ބަދަލު ކުރުމާއި، ފާޚާނާ، ފާރު، ތަޅުން، ބަދިގެއާއި އަދި އެނޫންވެސް ތަންތަނުގައި ތަށިމުށި ޖެހުމާއި، ހަލާކުވެގެން ބަދަލުކުރަންޖެހޭ ތަށިމުށި ބަދަލުކުރުން.
  • ރާނައި ސިމެންތި ޖެހުމާއި، ޕުޓީގެ މަސައްކަތާއި، ކުލައާއި ދަވާދުލުން.
  • ރާނައި ސިމެންތިޖެހުމުގެ މަސައްކަތްތަކުގެ އަންދާސީހިސާބުގެ މަޢުލޫމާތު ތައްޔާރުކުރުން.
  • ރޭނުމުގެ މަސައްކަތްތަކާ ގުޅުންހުރި ވަޑާމުގެ މަސައްކަތްކުރުން.
  • އެކުގައި މަސައްކަތްކުރާ އެހެންމީހުނާ މަސައްކަތް ހަވާލުކުރުން.
  • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.
  • ކަޕްލިން، ކްލޭމްޕް، އިސްކުރު، ބޯލްޓް، ސިމެންތި، ޕްލާސްޓިކް ތެރަސް، ނުވަތަ ސޯލްޑަރިން، ބްރޭޒިން، އަދި ވެލްޑިންއާއި ތަފާތު އިކްވިޕްމަންޓް ބޭނުން ކޮށްގެން ހޮޅީގެ ބައިތައް ގުޅުވުން.
  • ފެންވައިރު ނުވަތަ ފެންވައިރުކުރާ ތަކެތި ވައިން ނުވަތަ ފެނުން ޕްރެޝަރގޭޖްގެ އެހީގައި ލީކް ޓެސްޓްކޮށް ލީކްވާ ތަންތަން ހޯދުން.
  • މަސައްކަތުގެ އަގުތަކުގެ އަންދާސީހިސާބު ލިޔެ ކޮންޓްރެކްޓްތަކާ ބެހޭގޮތުން ވާހަކަ ދެއްކުން،
  • އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި ފެންވައިރުކުރަން ބޭނުންވާ ތަކެއްޗާއި ފެންވައިރު ކުރާނެގޮތް ކަނޑައެޅުން، އަދި ކަރަންޓް ވައިރިން ފަދަ ކަމަކަށް އަސަރު ނުކުރާނެގޮތަކަށް ހޮޅި އަޅާނެ ޕްލޭނެއް ހެދުން.
  • ހަވާލުކުރެވޭ މަސައްކަތްތަކުގެ ރިކޯޑާއި މަސައްކަތުގެ ރިޕޯޓް ތައްޔާރުކުރުން.
  • އިމާރާތުގައި ފެން ގުޅާފައިވާ ތަކެއްޗާއި ކަނެކްޝަންތަކާއި ހޮޅި އަޅާފައިވާ ތަންތަން ފާހަގަ ކުރުން.
  • ޕައިޕްކަޓަރ، ބެންޑަރު، ތްރެޑްކަޓަރު ފަދަ ތަކެތި ބޭނުން ކޮށްގެން ތްރެޑް ކެނޑުމާއި، އެންގަލްތަކަށް ހޮޅި ލަބާ ހެދުން.
  • ފާޚާނާތަކަށާއި ވޯޓަރ ހީޓަރާއި ސިންކް އަދި ފެންގުޅާ އެންމެހާ ތަކެއްޗަށް ފެންބަންދާއި ފިޓިންގްސް ހިމަނައިގެން ހޮޅި އަޅައި ފެންވައިރު ކުރުން.
  • ހޮޅިއާއި ފިޓިންގްސް ލައްވަންޖެހޭ ތަންތަން ކެނޑުމާއި ފާރުގައާއި ސީލިންގުގައި ހޮޅި ހަރުކުރާ ސަޕޯޓް ހަރުކުރުން.
  • ފެންއިސްކުރު، ފެންކަރު، ފެންބަންދު، ވަސަރާއި ފަޅައިގެންދާ ހޮޅި ބަދަލު ކުރުމާއި، ބެދޭ ޑްރެއިން ސާފުކޮށް މިތަކެތި މަރާތުކޮށް ބެލެހެއްޓުން.
  • ފާޚާނާ ނިޒާމުގެ އިތުރުން އަޑިން ހޮޅިލައްވައިގެން ފެންގުޅަންޖެހޭ ސިސްޓަމްތަކަށް ފެންވައިރު އެޅުން.
  • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

30 އޮކްޓޫބަރު 2014 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.

23 އޮކްޓޫބަރު 2014
ހޯދާ