ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކާޕެންޓަރ

މަޤާމު:

ކާޕެންޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5610.00ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1522.00 ރ

އޮފީސް:

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު  2000.00ރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

 

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް.1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްގުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެތެރޭގައާއި ބޭރުގައި ލަކުޑިން ހަދަންޖެހޭ އަދި ހަދާފައިވާ ތަންތަނާއި ރާނާ ސިމެންތި ޖަހައިގެންނާއި ގަލާއި ކޮންކްރީޓުން ހަދާފައިވާ އަދި ހަދަންޖެހޭ ތަންތަން ހެދުމާއި އެތަންތަނަށް ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލު ގެނަސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުން.
  2. ކަނބަޑު، މޭޒު، ހަރުގަނޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިން ކުރުމާއި ހެދުމާއި ގެންނަންޖެހޭ ބަދަލު މިފަދަ ތަކެއްޗަށް ގެނައުމާއި މަރާމާތުކުރުން.
  3. ބޮޑުދޮރު ކުޑަދޮރު، ފެންލައިޓް، ކަބަޑް، އަދި އެންމެހާ ފަރުނީޗަރތަކުގެ ހަލާކުވާ ތަޅު، ތަންޑު، ހުޅު، އަތްގަނޑުތައް ދުވަހުން ދުވަހަށް ޗެކްކޮށް، މަރާމާތު ނުވަތަ ބަދަލުކުރުން.
  4. މަސައްކަތްކުރަން ބޭނުންކުރާ ހަތިޔާރު ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތައް ބެލެހެއްޓުމާއި، މަސައްކަތް ހިނގަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ސްޕަވައިޒް ކުރުން،
  6. އިމާރާތުގެ ފުރާޅާއި ސީލިންގ ހެދުމާއި އެތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ތަންތަން ހެދުމާއި މަރާމާތު ކުރުމާބެހޭ މަޢުލޫމާތު ޝީޓް ތައްޔާރުކުރުން.

 

ކާޕެންޓަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، ކާޕެންޓަރ ގްރޭޑް1ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

މަޤާމު:

ކާޕެންޓަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 5020.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު.:1304.00ރ

 

އޮފީސް

އިދާރީ މަރުކަޒު

ސަރވިސް އެލަވެންސް:

މަހަކު 1500.00 ރ

 

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.4

 

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 4 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 3 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެތެރޭގައާއި ބޭރުގައި ލަކުޑިން ހަދަންޖެހޭ އަދި ހަދާފައިވާ ތަންތަނާއި ރާނައި ސިމެންތި ޖަހައިގެންނާއި ގަލާއި ކޮންކްރީޓުން ހަދާފައިވާ އަދި ހަދަންޖެހޭ ތަންތަން ހެދުމާއި އެތަންތަނަށް ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލު ގެނަސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުން.
  2. ކަނބަޑު، މޭޒު، ހަރުގަނޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިން ކުރުމާއި ހެދުމާއި ގެންނަންޖެހޭ ބަދަލު މިފަދަ ތަކެއްޗަށް ގެނައުމާއި މަރާމާތު ކުރުން.
  3. ބޮޑުދޮރު ކުޑަދޮރު، ފެންލައިޓް، ކަބަޑް، އަދި އެންމެހާ ފަރުނީޗަރތަކުގެ ހަލާކުވާ ތަޅު، ތަންޑު، ހުޅު، އަތްގަނޑުތައް ދުވަހުން ދުވަހަށް ޗެކްކޮށް މަރާމާތު ނުވަތަ ބަދަލުކުރުން.
  4. މަސައްކަތް ކުރަން ބޭނުންކުރާ ހަތިޔާރު ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތައް ބެލެހެއްޓުމާއި މަސައްކަތް ހިނގަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ސްޕަވައިޒް ކުރުން،
  6. އިމާރާތުގެ ފުރާޅާއި ސީލިންގ ހެދުމާއި އެތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ތަންތަން ހެދުމާއި މަރާމާތު ކުރުމާބެހޭ މަޢުލޫމާތު ޝީޓު ތައްޔާރުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

    މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

30 އޮކްޓޫބަރު 2014 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.

 

23 އޮކްޓޫބަރު 2014
ހޯދާ