ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މަޤާމު:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު -/6,295ރ

ސަރވިސް އެލަވަންސް:

މަހަކު -/2,000ރ

އޮފީސް:

އިދާރީ މަރުކަޒު

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1,659 ރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 2

 

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުތަވަ

3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް  ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

4. މަޤާމުގެ މަސައްކަތް ކުރުމުގެ/ޤާބިލުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، އެމް.އެސް 1 ރޭންކްގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިފުން، ނުވަތަ

5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އެމް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމު މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެޗް.އާރ.ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި، ސިސްޓަމް ފަންކްޝަން ކުރުވައި، މީގެ އިތުރަށް ތަރައްޤީކޮށް މި ސިސްޓަމްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަށް މަސައްކަތް ކުރުން. އަދި މިކަމާ ގުޅޭ ތަމްރީނު ހިންގުން.
  2. ޔުނިވަރސިޓީގެ އިދާރީ ހިންގުމަށް ބޭނުންވެގެން ހަދާ އެހެނިހެން ސޮފްޓް ވެއަރތައް ބެލެހެއްޓުމާއި، އެފަދަ ސޮފްޓްވެއަރތައް ލިޔުމާއި އިތުރަށް ތަރައްޤީ ކުރުން. މީގެ އިތުރުން ތަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރ ދެނެގަނެ އެހޯދުމުގައި އެހީތެރިވުން.
  3. ނެޓްވާރކު މައްސަލަތަކާ ނުލައި ދެމިހުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ އަދި ބޭނުންވާ އެންމެހާ ކަންތައްތައްކުރުމާއި، ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ފަހުގެ ޓެކްނޮލޮޖީތަކާ ޓެކްނިކްތައް ދެނެގަނެ އެކަންތައްތަކުގެ އެހީގައި ނެޓްވާރކުގެ ސެކިޔުރިޓީ އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.
  4. ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް އީމެއިލްގެ ޚިދުމަތް ވީހާވެސް ޚަރަދުކުޑަ، ބޭނުންތެރި ގޮތަކަށް ދިނުމާއި، އެކަންތައް އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން
  5. އިދާރީ މަރުކަޒުގެ ކޮމްޕިޔުޓަރ، ޕްރިންޓަރ، އަދި މިނޫނަސް އައިޓީއާ ގުޅުންހުރި ތަކެތި އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.
  6. މަރުކަޒީ އިދާރާގެ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ފަރުމާކޮށް ބެލެހެއްޓުމާއި، ނެޓްވާރކުގެ ޒަރީޢާއިން މަރުކަޒީ އިދާރާ/ ފެކަލްޓީ/ ސެންޓަރުތަކަށް ސޮފްޓްވެއަރ ބޭނުންކޮށްގެން ދޭންޖެހޭ ސަރވިސްއެއް ދިނުމަށްޓަކައި ފަރުމާކުރަންޖެހޭ ސޮފްޓްވެއަރ އަންގާ ގޮތެއްގެ މަތިން ފަރުމާކޮށް ބެލެހެއްޓުން.
  7. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އާ ޓެކްނޮލޮޖީތައް ދެނެގަނެ، އެކަންތައް ދަސްކޮށް، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާހުރި ކަންތައްތައް ތަޢާރަފު ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  8. މީގެއިތުރުން ޔުނިވަރސިޓީގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ހަވާލުކުރެވޭ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:  

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

    މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

23 އޮކްޓޫބަރު 2014
ހޯދާ