މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
1800 އާއި 3000 އަކަފޫޓާ ދެމެދުގެ ތަނެއް އައްޑޫ ސިޓީ ހިތަދޫން ކުއްޔަށްހިފަން

މި އޮތޯރިޓީގެ ބްރާންޗެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށްޓަކައި އޮފީސް އޭރިއާ އަދި ގޯތީގެ ބޮޑުމިން 1800 އާއި 3000 އަކަފޫޓާ ދެމެދުގެ ތަނެއް އައްޑޫސިޓީ ހިތަދޫން ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 އަށް ތިރީގައިވާ ތަންތަނުގެ ތެރެއިން ތަނަކަށް ވަޑައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީމަގު (ޓީ-ބިލްޑިންގ، ދެވަނަ ފަންގިފިލާ)

- މީރާ އައްޑޫ ސިޓީ ބްރާންޗް، އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ (ދެވަނަ ފަންގިފިލާ)

1. ކުއްޔަށް ދޫކުރާ އިމާރާތް ހުންނަންވީ ތަން

- އައްޑޫސިޓީ ހިތަދޫގެ ބޮޑު މަގެއްގައި (އެއްގަމު އުޅަނދުތަކަށް ފަސޭހައިން ވަދެ/ނުކުމެވޭ ފަދަ ސަރަޙައްދެއް ކަމުގައިވުން)

2. ކުއްޔަށް ހިފަން ބޭނުންވާ އިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

- މަގުން، ކުޔަށް ދޭ ތަނަށް ވަދެވޭގޮތަށް ހުރުން

- މީރާގެ ވެހިކަލް (ވޭން/ސައިކަލް) ޕާކުކުރާނެ ޖާގަ ހުރުން

- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ތިބެވޭފަދަ ވެއިޓިންގ އޭރިއާއެއްގެ ގޮތުގައި ބޭނުންކުރުމަށް މަދުވެގެން 350 އަކަފޫޓުގެ ޖާގައެއް އޮފީސް އިމާރާތުގެ ތެރޭގައި އޮތުން

- ވެރިންގެ ކެބިން/މީޓިންގރޫމުގެ ގޮތުގައި ބޭނުންކުރެވޭނެ ވަކިވަކި 02 ކޮޓަރި ހުރުން

- އިމާރާތުގައި ބޭނުންކުރުމަށް ވަކި ކަރަންޓާއި ފެން ހުރުން

- އިމާރާތް އެއަރކޮންޑިޝަން ކޮށްފައި ހުރުން

- އިމާރާތުގައި މަދުވެގެން 01 ފާޚާނާ ހުރުން

- ފާޚާނާގެ ފިކްސްޗަރސްތަކުގައި މައްސަލައެއް ނެތުން

- އިމާރާތުގެ ފާރުތަކުގައި ރެނދުލުމާއި، ކުލަފޭބުމާއި، ޓައިލްސްތައް ފެޅުން ފަދަ ކަމެއް ނެތުން

- އިމާރާތަށް ގެންނަން ބޭނުންވާ ބަދަލެއްވާނަމަ އެ ބަދަލެއް ގެނެސް 01 ޑިސެންބަރު 2014 އަށް ބޭނުން ހިފޭ ފެންވަރަށް ތައްޔާރުކުރުން

3. ކުއްޔަށް ދޫކުރާ އިމާރާތާބެހޭ ތަފުސީލު

- އިމާރާތުގެ ބޮޑުމިން ބަޔާންކުރުން

- އިމާރާތުގެ ކުރެހުން ހުށަހެޅުން

- އިމާރާތުގެ ފުރިހަމަ އެޑްރެސް ބަޔާންކުރުން

- އިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން

- އިމާރާތުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށް ޖެހޭ އަގު އަދި ޖުމްލަ އަގު ވަކީން ހުށަހެޅުން)

- އިމާރާތް ކުއްޔަށް ދެވޭނެ މުއްދަތު ބަޔާންކުރުން

4. ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތު

- އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޯތީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ކުއްޔަށް ދޫކުރާ ފަރާތާއި އިމާރާތާ ހުރި ގުޅުން އެނގޭނެފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ.

- ކުއްޔަށް ދޫކުރާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

- ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.

- އިމާރާތުގެ ސެކިއުރިޓީ، ސާފުކުރުން އަދި މެއިންޓެނަންސް އިމާރާތުގެ ވެރިފަރާތުން ހަމަޖައްސަވާނަމަ އެކަން ވަކިން އެނގޭގޮތަށް ހުށަހަޅުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު: 3339591 އަށް ގުޅުއްވުން އެދެމެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014
ހޯދާ