ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން

ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް ޑީނެއް ބޭނުންވެއްޖެ

މަޤާމު: ޑީން، ފެކަލްޓީ އޮފް ހެލްތު ސައިންސަސް

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް

ބޭނުންވާ އަދަދު: 1

މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:

1. މުވައްޒަފަށް ލިބޭ މުސާރައާއި އެލަވަންސް   

  • ޕީ.އެޗް.ޑީ ނަމަ، ހުރިހާ އެލަވަންސާއެކު މަހަކު -/34280 ރުފިޔާ

  • މާސްޓަރސް ނަމަ، ހުރިހާ އެލަވަންސާއެކު، މަހަކު -/30625 ރުފިޔާ

  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރައާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އޮވެއެވެ.

2. އެލަވަންސް: މި އެލަވަންސް ދެވެނީ ކިޔަވާ ދަރިވަރުންނަށް ނިސްބަތް ކޮށެވެ. އަދި މަސައްކަތް ނިންމުމަށް އިތުރުގަޑީގައި ވެސް މަސައްކަތް ކުރާނެ ކަމަށް ބަލައެވެ.

3. ފޯން އެލަވަންސް: މަހަކު -/500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

  1. ދަށްވެގެން އެމް.ކިޔޫ.އޭ އިން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް، ތަނުގައި ކިޔަވައިދޭ ދާއިރާއަކުން އޮތުން.

  2. ވަޒީފާގެ މަސައްކަތާ ބެހޭ ޑޮކިޔުމަންޓުތައް ރަނގަޅަށް އިނގިރޭސި ބަހުން ލިޔަން އެނގުން.

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނެޖްމަންޓް ތަޖުރިބާ ކަމުގައި ބަލާނީ ދަށްވެގެން އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނިދާނެއެވެ. އަދަދު ކުރުމުގައި ތަޖުރިބާ ގުނާނީ ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

ވަޒީފާގެ ބައެއް ޝަރުޠުތައް:

  1. މަޤާމުގައި ހުންނަ މީހަކު އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީއިން ބޭރުގައި އަދާކުރެވޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

  2. ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން ޔުނިވަރސިޓީގެ ވެބްސައިޓުން (http://www.mnu.edu.mv/index.php/future-staff) ލިބޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު: 12 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޯސް ނިންމިކަމުގެ ލިއުންތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު،)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ. އީމެއިލް:  [email protected]

20 އޮކްޓޫބަރު 2014
ހޯދާ