ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2014 ވަނަ އަހަރުގެ އެޗް.އެސް.ސީ އިމްތިޙާނުގެ އިދާރީ މަސައްކަތްކުރާނެ މީހުން ހޯދުން

2014 ވަނަ އަހަރުގެ އެޗް.އެސް.ސީ އިމްތިޙާނުގެ މާކިންގ ހޯލުގައި އިދާރީ މަސައްކަތްކޮށްދޭނެ އެސިސްޓެންޓް އޮފިސަރުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 20

އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ

މުއްދަތު: 2013 ނޮވެންބަރު 24 އިން 2013 ޑިސެންބަރު 31 ގެ ނިޔަލަށް

ޝަރުޠު:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

      މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 08:00 އިން 17:00 އަށެވެ.

      ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ މީހުން، މިކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ.

      އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 25 މީހުންނާއެވެ. ޝޯޓް ލިސްޓް ކުރެވޭ މީހުންނަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ ވާހަކަ ދަންނަވަމެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ 25 މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.

      އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

22 ޛުލްޙިއްޖާ 1435   

16 އޮކްޓޫބަރު 2014
ހޯދާ