ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކގެ ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ADM/2014/362-ފ60 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           މިކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުން، ބީއޯކިއު އަދި މަޢުލޫމާތާ އެއްގޮތަށް، އެސްޓީއޯ ޕލކގެ ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކުރުން

މަސައްކަތުގެ ވެރި ފަރާތް:   ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2014 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:         ބީލަންކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

ބީލަންކަރުދާސް :         ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ނޮވެންބަރު 02 ވަނަ ދުވަހުގެ 15:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3344318 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ