ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކ.ފުނަދޫގެ ޕަވަރހައުސް މަރާމާތުކުރާނެ ފަރާތެއް ހޯދަން

 

ކ.ފުނަދޫގެ ޕަވަރހައުސް މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުން، ބީއޯކިއު އަދި މަޢުލޫމާތާ އެއްގޮތަށް ކ.ފުނަދޫގެ ޕަވަރހައުސް މަރާމާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:            މި ކުންފުނިން ދޭ މަޢުލޫމާތާ ކުރެހުން، ބީއޯކިއު އަދި މަޢުލޫމާތާ އެއްގޮތަށް، ކ.ފުނަދޫގެ ޕަވަރހައުސް މަރާމާތުކުރުން

މަސައްކަތުގެ ވެރި ފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:        ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:     ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލްގެ ޒަރީޢާއިންނެވެ.

މަޢުލޫމާތު ދިނުން:         ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2014 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކ.ފުނަދޫގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:          ބީލަންކަރުދާހާއި ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުންފޮނުއްވާނީ 2014 އޮކްޓޯބަރު 27 ވަނަ ދުވަހު 1600 ގެ ކުރިން އީމެއިލުންނެވެ.

ބީލަންކަރުދާސް :         ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ނޮވެންބަރު 02 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:  3344318 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ