ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ސީނިއަރ ސީ.ބީ.ޑީ.އާރު.އާރު. އޮފިސަރ

މަޤާމު:

ސީނިއަރ ސީ.ބީ.ޑީ.އާރު.އާރު. އޮފިސަރ / ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

ކްލެސިފިކޭޝަން  ރޭންކް:

އެމް.އެސް 2 (ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ސެކްޝާން:

ޑިޒާސްޓަރ ޕްރެޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން

އަސާސީ މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައެޅިފައިވާ އެލަވަންސްތައް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ޢާއްމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ /މާލެ ގައެވެ.

ބޭނުންވާ އަދަދު:

01

މަޤާމުގެ ޝަރުޠު:

އެންވަޔަރަންމަންޓް / ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އިމަރޖެންސީ ޙާލަތެއް ދިމާވެއްޖެނަމަ އެކަމަކުން ސަލާމަތްވެ ޢާންމު ޙާލަތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި މިކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަން ދިނުން.
  2. ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤަައުމީ ޕްލޭންގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި އެކި ދާއިރާތަކުން އެކުލަވާލާ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއިި ސަރުކާރުގެ އެކި މުއައްސަސާތަކުންް ޢަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންސް އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ތަމްރީނު ޕްރޮގުރާމުތައް ރާވައި ހިންގުން.
  3. ސިޓީ، އަތޮޅު އަދި ރަށުފެންވަރުގައި ކާރިސާތަކަށް ރައްޔިތުން ތައްޔާރު ކުރުމާއި އަހުލުވެރި ކުރުމުގެ ތަމްރީނު ވެރިންގެ ގައުމީ އަތްމަތީ ފޮތުގައި ކަނޑައެޅިފައިފައިވާ އެންމެހައި ޓޫލްތަކާއި، ތަމްރީނު ކަރިކިއުލަމް ގައި ވާގޮތަށް ތަމްރީނުތައް ހިންގައި ފީލްޑް ޓީމުތައް އެކުލަވާލައި ތައްޔާރުކޮށް ރަށްރަށުގައި ޕްރޮގުރާމުތައް ހިންގުމާއި، މަސައްކަތާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.
  4. ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ރަށުފެންވަރުގައި ހިންގޭ ކާރިސާތަކަށް ރައްޔިތުން ތައްޔާރު ކުރުމާއި އަހުލުވެރި ކުރުމުގެ ޕްރޮގުރާމު މޮނިޓަރ ކުރުމުގެ ނިޒާމު އެކުލަވާލައި، ރަށްރަށުގައި ހިންގޭ އެކި ޕްރޮގުރާމުތައް ހިންގުމާއި އެ މަސައްކަތްތައް މޮނިޓަރ ކޮށް ބެލެހެއްޓުން.
  5. ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ގުޅޭގޮތުން ބާއްވާ ޖަލްސާތަކާއި، ތަމްރީނު ތަކާއި، ކޮންފަރެންސްތަކާއި، މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެ ޤާބިލުކަން އިތުރުކޮށް، މި ދާއިރާ ތަމްސީލުކުރުން.
  6. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެ ދިނުމާއި ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހު 14:30ގެ ކުރިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް، (ރިހިޖެހިކޮށި/އަމީނީމަގު)

އެޕްލިކޭޝަންއާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ކައުންޓަރުންނާއި، ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ)

5- ސިވިލް ސަރވިސްއަށް /ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތުރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ އެތަންތަނުގައި ވަޒީފާ އަދާކުރި ގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 01 އެޕްރީލް 2013 ގައިވާ  "ސަޕޯޓް ސްޓާފް"  މަޤާމުތަކަށް މުވައްޒަފުން ޢައްޔަން ކުރުމުގެ ކްރައިޓީރިއާ (ޖީ.އެސް 1 އިން އެމް.އެސް 2 އަށް) ގައިވާ ގޮތުމުގެ މަތިންނެވެ.

  • ކޮމްޕިއުޓަރ މަސައްކަތަށް އަހުލުވެރި ވެފައިވުން.
  • އިނގިރޭސި ބަހުން ރިޕޯޓު ލިޔެ ތައްޔާރުކުރުމުގެ ޤާބިލުކަން ހުރުން.
  • ޓްރޭނިންގ ޕްރޮގުރާމުތައް ހިންގުމުގެ ޤާބިލުކަން ހުރުން.

އިންޓަވިއު ކުރުން:

މި މަޤާމަށް ކުރިމަތިލާ މީހުންގެ އަދަދު 10 އަށްވުރެ ގިނަނަމަ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓު ކުރުމަށްފަހު (ޝޯޓްލިސްޓު ކުރުމުގައި ބަލާނީ ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ މައްޗަށެވެ.) 

ހޮވޭ ފަރާތްތަކާއި އިންޓަރވިޔު ކުރުން އޮންނާނީ 09 ނޮވެމްބަރ 2014 އިން ފެށިގެން  މިސެންޓަރުގައެވެ.

ނޯޓް:

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނޭ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ސެންޓަރުގެ ނަންބަރު: 3333425އަށް ގުޅުއްވުން އެދެމެވެ.

20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014
ހޯދާ