ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަސައްކަތު

 

ރޭންކް: އެސް.އެސް 01

މަސައްކަތު

މަޤާމު

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް

1 (އެކެއް)

އަދަދު

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓްކޯޓް

މަސައްކަތް ކުރަންޖެހޭ ތަން

-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މުސާރަ

-/1000ރ (އެއްހާސް ރުފިޔާ)

ސަރވިސް އެލަވަންސް

އަސާސީ މުސާރައިގެ %25

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

އިތުރުގަޑީގެ ފައިސާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

އަސާސީ ޝަރުޠު

ކޯޓުގެ އިމާރާތާއި ގޯތިތެރެ ސާފުކުރުމާއި، އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔުންތައް ރައްދު ކުރުމާއި، ދިދަ ނެގުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

  1. ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، ފުރިހަމަކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ފުރިހަމަ ކޮށްފައިވާ ތަމްރީންތައް އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި، އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު ކޮޕީއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ހޮވޭމީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެނުވައި، ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތައް ޗެކުކޮށް އަސްލާއެއްގޮތްކަން ކަށަވަރު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާގެ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

04 ނޮވެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން.

ސުންގަޑި

ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅާފައި ނުވާނަމަ އެފޯމް ބާޠިލް ވާނެއެވެ.  ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މިކޯޓުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު

14 އޮކްޓޫބަރު 2014
ހޯދާ