ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަލާކުރި ދަގަނޑުގެ 2 ގުދަން ވިއްކަން

ކަލާކުރި ދަގަނޑުގެ 2 ގުދަން ވިއްކަން ބޭނުން (ގުދަނެއްގެ ބޮޑުމިން 103ފޫޓު ދިގު، 31 ފޫޓު 10އިންޗި ފުޅާ)

ތިމަރަފުށީ ބަނދަރުގެ ދެކުނުފަރާތުގައިވާ ކަލާކުރި ދަގަނޑު 2 ގުދަން، ވަކިވަކިން ބިޑް އުސޫލުން ވިއްކާލުމަށް ހަމަޖެހިފައިވެއެވެ. މި 2 ގުދަނާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ، މި އިދާރާގައި މިކަމަށް ބާއްވާ ޚާއްޞަ ބައްދަލުވުމުގައި 20 އޮކްޓޫބަރު 2014ގެ މެންދުރުކުރީގެ 11:00 ގައެވެ. މި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮކްޓޫބަރު 2014 ދުވަހުގެ މެންދުރުކުރީގެ 11:00އަށް މިއިދާރާގައި އޮންނަ ބިޑް ބަލައިގަތުމުގެ ބައްދަލުވުމަށް ދުރުވެ ބިޑް ހުށަހެޅުއްވުމަށް ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ. ބިޑް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ގެންނަ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014
ހޯދާ