މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު : 1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަން: މުޙްޔިއްދީން ސްކޫލު، މާލެ

ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

އެސް. އެސް 1

- ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވުން.

-3،100 ރުފިޔާ

-/1،000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވޭ އެކިއެކި ތަންތައް ކުނިކަހައި ފޮޅައިސާފުކުރުން.
  • ކުލާސްތައް ކުނިކަހައި ފޮހެ ސާފުކުރުމާއި، ކުލާސްތަކުގެ ޑަސްބިންތައް ދޮވެ ސާފުކުރުން.
  • ކުދިންގެ ފާޚާނާތައް ބެލެހެއްޓުމާއި، ދޮވެސާފުކުރުން.
  • ގޯތިތެރެ ކުނިކެހުމާއި، ފެންޖެހުމާއި، އެކިއެކި ޖަލްސާތަކާއި މުނާސަބަތުތަކުގައި ބޭނުންވާ ގޮނޑިޖެހުން.
  • ސްކޫލްގައި ހިންގޭ އެކި ހަރާކާތްތަކުގައި އެހީތެރިވެދިނުން.
  • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މިވަޒީފާއަށް މީހަކުހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 21 އޮކްޓޫބަރު 2014 އިން 28 ނޮވެންބަރު 2014 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  • ތަޖުރިބާގެ ލިޔުންތައް.
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.        

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  www.muhyiddinschool.edu.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ: މި މަޤާމްތަކަށް އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި: 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް: ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ،  3390635 ނަންބަރު ފޯނަށެެވެ.

13 އޮކްޓޫބަރު 2014
ހޯދާ