މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މާލެ އަތޮޅު ގުރައިދޫ ކައުންސިލުގެ އިދާރާގައި ސެކްޝަންތައް ވަކިކޮށް ޕާޓިޝަން ޖެހުމަށާއި، މިއިދާރާގެ ގުދަނުގައި ފައިލް ބަހައްޓާނެ ހަރު ހެދުމާއި، އަދި މިއިދާރާއަށް ހޯދޭ ބައެއް ސާމާނު ރައްކާކޮށް ބަހައްޓާނެ ހަރު ހެދުމަށް މިކައުންސިލުން ނިންމާފައިވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުރައިދޫ ކައުންސިލުގެ އިދާރާ

20 އޮކްޓޫބަރު 2014

ހޯމަ

10:30

އަންދާސީހިސާބު ހުށަހެޅުން

ކ.ގުރައިދޫ ކައުންސިލުގެ އިދާރާ

27 އޮކްޓޫބަރު 2014

ހޯމަ

10:30

 

 

   

މަޢުލޫމާތު ފުރިހަނުވާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި "މާލެ އަތޮޅު ގުރައިދޫ ކައުންސިލުގެ އިދާރާގައި ޕާޓިޝަން ޖެހުމާއި ގުދަނުގައި ހަރުހެދުމާ ބެހޭ" ލިޔެވިފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

13 އޮކްޓޫބަރު 2014
ހޯދާ