ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މި އިދާރާއިގެ ލީގަލް އޮފިސަރކަމުގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު IUL)242/242/2014/22)ފ(18 ސެޕްޓެންބަރު 2014) އިޢުލާނުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ މަޤާމަށް ދެވަނަ ފަހަރަށް އަނެއްކާވެސް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލީގަލް އޮފިސަރ

މަޤާމު ނަންބަރު:

247884

:ބޭނުންވާ އަދަދު

01

ރޭންކް:

އެމް.އެސް 1

:ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

:ސަރވިސް އެލަވަންސް

2500.00 ރުފިޔާ

މުސާރަ:

5610.00 ރުފިޔާ

:އޮފީސް

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއާޒް

:ވަޒީފާ އަދާކުރަންޖެހޭ ތަން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  ގދ. ތިނަދޫ

މަޤާމުގެ ޝަރުޠު:

1- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު

 

 

 

  1. އަތޮޅުގެ އެކި ރަށްރަށުގެ ރަށު ކައުންސިލްތަކުން ޤާނޫނީގޮތުން ހޯދަން އެދޭ ލަފާ ދިނުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އަތޮޅު ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. މި ކައުންސިލުން އެކި ފަރާތްތަކާ ދެމެދު ހެދޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އަތޮޅު ކައުންސިލްގެ މައްޗަށް ދަޢުވާ ލިބޭ މައްސަލަތަކާއި، އަތޮޅު ކައުންސިލުން ދަޢުވާކުރާ މައްސަލަތަކުގައި ކޯޓުތަކަށް ގޮސް މި ކައުންސިލުގެ ފަރާތުން ވަކާލާތުކުރުން.
  5. އޮފީހުން ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަވިއު އަށް ބެލޭނެއެވެ.

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެ ފަރާތްތަކަށް އެންގޭނެއެވެ. އަދި އިންޓަވިއުއަށް ހާޒިރުވާއިރު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެންނަން ވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް 27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސާރވިސް މުވައްޒަފުންނަން ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)

3- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

6- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841723 ނަންބަރު ފޯނާއެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ