ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 2 ވަނަ ބުރު ބޭއްވުމާބެހޭ

ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ބައެއް ކޯސްތަކަކީ އެ ކޯސްތަކަށް ވަނުމަށް ވަކި ފެންވަރެއްގެ އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމް ކުރެވިފައިވާ ކޯސްތަކެކެވެ. އެހެންކަމުން، ޔުނިވަރސިޓީގެ ކޯސްތަކުން ޖާގަދިނުމާބެހޭ ސިޔާސަތުގައިވާ ގޮތުން، އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމުވާ ކޯސްތަކަށް އެދި ފޯމު ހުށަހަޅާއިރު، ކަނޑައެޅިފައިވާ ފެންވަރުގެ އިނގިރޭސި ފާހެއް ހާސިލުކުރެވިފައިނުވާ ފަރާތްތަކުން ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ. އެގޮތުން 2015 ވަނައަހަރުގެ ފުރަތަމަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނުގެ ދެވަނަ ބުރު 01 ނޮވެންބަރު 2014 ގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

  • އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން އަދި www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) 29 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކަން ވާނެއެވެ.
  • ފޯމު ފުރިހަމަކުރައްވައި ފީދެއްކެވުމަށްފަހު 29 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 15:00ގެ ކުރިން އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަން ވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 09 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެއެވެ. އަދި، ބައިވެރިވި ފަރާތުގެ އީމެއިލް އެޑްރެހަށް ނަތީޖާ މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

09 އޮކްޓޫބަރު 2014
ހޯދާ