ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވުން

މިސްކިތްތަކުގެ އާބާތުރަ ފިލުވުން

ރަތަފަންދޫގައި ނަމާދުކުރާ 2 މިސްކިތުގައި ކުރަންހުރި ބައެއް މަސައްކަތް ކުރުމަށްޓަކައި އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/21 (12 ޖޫން 2014) އިޢުލާނަށް އިޖާބަދީ ހުށަހަޅާފައިވާ އަންދާސީހިސާބުތައް ކަމުނުގޮސްގެން ދެވަނަ ފަހަރަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/27 (11 އޮގަސްޓު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، 3 ވަނަފަހަރަށް ކުރެވުނު މިއިދާރާގެ ނަންބަރު 420/2014/34 (26 އޮގަސްޓު 2014) ގެ އިޢުލާނަށް އިޖާބަދިން 3 ފަރާތުގެ އަންދާސީހިސާބުތަކުގައި މައްސަލަތަކެއް ހުރިކަމަށް ޓެންޑަރ ކޮމިޓީން ފާހަގަކޮށްފައިވާތީ، އެމަސައްކަތްކުރުމަށްޓަކައި އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 އޮކްޓޫބަރު 19 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު މަސައްކަތްތަކަށް ވަކިން އަގު އެނގޭގޮތަށް ތައްޔާރުކޮށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު

01-  ރަތަފަންދޫ ހުކުރުމިސްކިތް (މަސްޖިދުލް އިޢުތިޒާޒު) އާއި، ރަތަފަންދޫ ނޫރުމިސްކިތުގައި ކުލަޔާއި ދަވާދުލުން.

02-  ނޫރުމިސްކިތުގެ ފާޚާނާގެ ތަޅުންގަނޑު ނަގައި އަލުން ތަޅުން އެޅުން

03-  ނޫރުމިސްކިތާއި މަސްޖިދުލް އިޢުތިޒާޒުގެ ވަޅުކައިރީގައި މިހާރު އަޅާފައިވާ ތަޅުން ނަގައި އަލުން ތަޅުން އެޅުން

04-  މިސްކިތްތަކުގައި ބަދަލުކުރަންވެފައިހުރި ފަންކާތައް ބަދަލުކުރުން

05-  އިސްކުރުބަރީގައި ހުރި ހަލާކުވެފައިވާ އިސްކުރުތައް ބަދަލުކުރުން

15 ޛުލްޙިއްޖާ 1435

09 އޮކްޓޫބަރު 2014
ހޯދާ