ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށާނީ 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ބެޗްލަރ އޮފް އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯސް ހިންގާ ގޮތް: ބްލޮކް މޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ށ. ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ނ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ރ. އުމުރުން 20 އަހަރު ފުރިހަމަވުމާއެކު، ޖީ.ސީ.އީ އޯ ލެވެލް 1 މާއްދާއިން ފާސްވެފައިވުން. އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

2- ކޯހުގެ ނަން: ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް

02 އޮކްޓޫބަރު 2014
ހޯދާ