ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު

ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

ޢަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/,835 ރުފިޔާ

އެލަވަންސް އަދި އިތުރުގަޑި

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/2,000

- ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއެކު،MS 4  ރޭންކުގައި، މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 

 

- ޝަރުޢީދާއިރާގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ޕްލޭނާއެއްގޮތަށް ޓްރޭނިންގ ރިކްއަރމެންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ޕްލޭން ތަންފީޒުކުރުން.

- ޖުޑީޝަލް ޓްރޭނިންގ ސެންޓަރގައި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.

- ފަނޑިޔާރުންނާއި ޝަރްޢީ ދާއިރާގެ އިދާރީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ކުރިއަށްގެންދިއުން.

- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ހިންގަންޖެހޭ އެންމެހައި ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖޭންބޭރުގައި ހިންގުން.

- ޝަރުޢީ ދާއިރާގެ އެންމެހައި މުވައްޒަފުންގެ ޚިދްމަތުގެ ފެންވަރުމަތި ކުރުމަށް ބޭނުންވާ ސެމިނަރ ވާރކްޝޮޕް އަދި ލެކްޗަރތައް އިންތިޒާމްކޮށް ހިންގުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1. ކުރިމަތިލައްވާފައިވާ ފަރާތުގެ ވަނަވަރު

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

ސުންގަޑި

 

 

ހުށަހަޅަންޖެހޭ ތަކެތި ކަމަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، 15 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް (ތީމުގެ، އާބުރުޒުހިނގުން) އަށް ހުށަހަޅަންވާނެއެވެ.    

އިތުރު މަޢުލޫމާތު

 

 

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

02 އޮކްޓޫބަރު 2014
ހޯދާ