ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:

 އޮފިސަރ

ވަޒީފާގެ ދާއިރާ:       

ކޯޕަރޭޓް އެފެއަރޒް

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/6,300 ރ. އާއި -/10,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ޑޮކިއުމަންޓްތައް ތައްޔާރުކުރުމާއި ޑިޕާޓްމަންޓުން ފޯރުކޮށްދެންޖެހޭ ކޯޕަރޭޓް ސާރވިސްތައް ފޯރުކޮށްދިނުން އަދި ލިޔެކިއުންތައް ބެލެހެއްޓުން.

މަޤާމް:

ޑިއުޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:       

ޓްރާންސްޕޯޓް، މެއިންޓަނަންސް އެންޑް ސެކިއުރިޓީ

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740 ރ. އާއި -/12,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމް ހާސިލުކޮށްފައިވުމާއެކު  މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިއުޓީ އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

14  އޮކްޓޫބަރު 2014 ދުވަހުގެ  15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 1 އަހަރު ހަމަވުމުން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާއި މަސްޢޫލިއްޔަތު އެނގޭނެ ލިޔުން، ސީ.ވީ އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 14 އޮކްޓޫބަރު 2014 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއެވެ. އަދި މިކުންފުނިން ބޭނުންވެއްޖެނަމަ މިއިޢުލާން ބާޠިލުކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

06  ޛުލްޙިއްޖާ 1435

30 ސެޕްޓެންބަރު 2014
ހޯދާ