ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

01

މުސާރަ:

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

 -/2,000 ރުފިޔާ

އޮފީސް:

ސެންޓަރ ފޮރ އޯޕަން ލަރނިންގ

ޔުނިވަރސިޓީ އެލަވަންސް:

-/1,522 ރުފިޔާ

ކްލެސިފޭކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ     
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބުލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 03 އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ         
  3. ވަކި ވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެދާއިރާ އަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، ޖީ.އެސް 4 ރޭންކްގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  5. މަޤާމުގެ މަސައްކަތު ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު ،އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދުވަހުން ދުވަހަށް ސެންޓަރުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން
  2. ދަރިވަރުން "ޖެމް" އާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ހައްލުކުރުން
  3. ހަވާލުކުރެވޭ ކޯސްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން. މިގޮތުން:

   (ހ) ފޮޓޯކޮޕީ ހެދުން

(ށ) ބޭނުންޖެހިއްޖެ ނަމަ ކިޔަވައިދޭން ބޭނުންކުރާ މެޓީރިއަލް ސްކޭން / ބައިންޑް ކުރުން

(ނ) ސްޓަޑީ މެޓީރިއަލް ޕެކްކޮށް، ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން

(ރ) ދަރިވަރުންނާއި ގުޅުން / އެސް.އެމް.އެސް ކުރުން

(ބ) ޕާޓް ޓައިމް ލެކްޗަރަރ އިންގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން

(ޅ) ޕޭޝީޓް ހަދައި، ސީ.އޭ އަށް ފޮނުވުމާއި އޭގެ ފޮލޯއަޕް ހެދުން

(ކ) ބްލޮކް ކްލާސްތަކަށް ތައްޔާރުވުމުގައި ކޯސް ކޯޑިނޭޓަރަށް އެހީތެރިވުން

(އ) ޕާޓް ޓައިމް ލެކްޗަރަރއިންގެ މާކްޝީޓް ހެދުން

(ވ) ކޯސް ކޯޑިނޭޓަރާ ގުޅިގެން ދަރިވަރުންގެ ރިކޯޑުތައް ބެލެހެއްޓުން

(މ) ސަބްޖެކްޓް އިވެލުއޭޝަން ހެދުން

(ފ) ކުއްލިއަކަށް ދިމާވާ ކަންކަމުގައި ކޯސް ކޯޑިނޭޓަރަށް އެހީތެރިވުން

  1. އިމްތިހާން އިންވިޖިލޭޓް ކުރުން
  2. ހަފްތާ ބަންދާއި އެނޫނަސް ބަންދު ގަޑިތަކުގައި ބާއްވާ ކްލާސްތަކާ ގުޅިގެން އޮފީސް ހުޅުވައިގެން އިނުން
  3. ކަނޑައެޅޭ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން
  4. ކުއްލިއަކަށް ދިމާވާ ކަންކަމުގައި މިސެންޓަރު ހިންގަން ހުންނަ މީހަކު އަންގާ ކަންކަން ކުރުން

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • މި އިޢުލާނާ ގުޅިގެން ކުރެވުނު ނަމްބަރ MNU-HR/2014/507 (08 ސެޕްޓެންބަރު 2014) އިޢުލާން    ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
02 އޮކްޓޫބަރު 2014
ހޯދާ