ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކާޕެންޓަރ

މަޤާމު:

ކާޕެންޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5610.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1522.00 ރ

އޮފީސް:

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު  2000.00ރ

ކްލެސިފޭކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުތަވަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ވަކިވަކި ދާއިރާތަކުގެ އޮނިގަންޑުތަކުގައި އެދާއިރާއަކުން އެމް.އެސް.1 ރޭންކަށް ކަންޑައަޅާ ތަމްރީނެއް ހާސިލުކޮށްފައި ވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާރކްސެއް ލިބެމުންދިޔުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއި އެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެތެރޭގައާއި ބޭރުގަ ލަކުޑިން ހަދަންޖެހޭ އަދި ހަދާފައިވާ ތަންތަނާއި ރާނާ ސިމެންތި ޖަހައިގެންނާއި ގަލާއި ކޮންކްރީޓުން ހަދާފައިވާ އަދި ހަދަން ޖެހޭ ތަންތަން ހެދުމާއި އެތަންތަނަށް ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލު ގެނަސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުން.
  2. ކަނބަޑު، މޭޒު، ހަރުގަޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިން ކުރުމާއި ހެދުމާއި ގެންނަންޖެހޭ ބަދަލު މިފަދަ ތަކެއްޗަށް ގެނައުމާއި މަރާމާތު ކުރުނ.
  3. ބޮޑު ދޮރު ކުޑަ ދޮރު، ފެންލައިޓް، ކަބަޑް، އަދި އެންމެހާ ފަރުނީޗަރ ތަކުގެ ހަލާކުވާ ތަޅު، ތަންޑު، ހުޅު، އަތްގަޑުތަށް ދުވަހުން ދުވަހަށް ޗެކްކޮށް މަރާމާތު ނުވަތަ ބަދަލު ކުރުން.
  4. މަސައްކަތް ކުރަން ބޭނުންކުރާ ހަތިޔާރު ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތަށް ބެލެހެއްޓުމާއި މަސައްކަތް ހިގަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާއި އެއްގޮތަށްތޯ ބަލައި ސްޕަވައިޒް ކުރުން،
  6. އިމާރާތުގެ ފުރާޅާއި ސީލިންގ ހެދުމާއި އެތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ތަންތަން ހެދުމާއި މަރާމާތު ކުރުމާބެހޭ މައުލޫމާތު ޝީޓް ތައްޔާރުކުރުން.

ކާޕެންޓަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، ކާޕެންޓަރ ގްރޭޑް1ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

މަޤާމު:

ކާޕެންޓަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 5020.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު.:1304.00ރ

 

އޮފީސް

އިދާރީ މަރުކަޒު

ސަރވިސް އެލަވެންސް:

މަހަކު 1500.00 ރ

 

ކްލެސިފޭކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް.4

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއި އެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދުލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ވަކިވަކި ދާއިރާތަކުގެ އޮނިގަންޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 4 ރޭންކަށް ކަންޑައަޅާ ތަމްރީނެއް ހާސިލުކޮށްފައި ވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާރކްސެއް ލިބެމުންދިޔުމާއިއެކު، ޖީ.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއި އެކު، އެމް.އެސް 4 ރޭންކް ނުވަތަ އެއަށްވުރެ  މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެތެރޭގައާއި ބޭރުގަ ލަކުޑިން ހަދަންޖެހޭ އަދި ހަދާފައިވާ ތަންތަނާއި ރާނައި ސިމެންތި ޖަހައިގެންނާއި ގަލާއި ކޮންކްރީޓުން ހަދާފައިވާ އަދި ހަދަން ޖެހޭ ތަންތަން ހެދުމާއި އެތަންތަނަށް ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލު ގެނަސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުން.
  2. ކަނބަޑު، މޭޒު، ހަރުގަޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިން ކުރުމާއި ހެދުމާއި ގެންނަންޖެހޭ ބަދަލު މިފަދަ ތަކެއްޗަށް ގެނައުމާއި މަރާމާތު ކުރުނ.
  3. ބޮޑު ދޮރު ކުޑަ ދޮރު، ފެންލައިޓް، ކަބަޑް، އަދި އެންމެހާ ފަރުނީޗަރ ތަކުގެ ހަލާކުވާ ތަޅު، ތަންޑު، ހުޅު، އަތްގަނޑުތައް ދުވަހުން ދުވަހަށް ޗެކްކޮށް މަރާމާތު ނުވަތަ ބަދަލު ކުރުން.
  4. މަސައްކަތް ކުރަން ބޭނުންކުރާ ހަތިޔާރު ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތަށް ބެލެހެއްޓުމާއި މަސައްކަތް ހިގަނީ ހަމަޖެހިފައިވާ އުސޫލުތަކާ ގަވާއިދާއި އެއްގޮތަށްތޯ ބަލައި ސްޕަވައިޒް ކުރުން،
  6. އިމާރާތުގެ ފުރާޅާއި ސީލިންގ ހެދުމާއި އެތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ތަންތަން ހެދުމާއި މަރާމާތު ކުރުމާބެހޭ މައުލޫމާތު ޝީޓް ތައްޔާރުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

16 އޮކްޓޫބަރު 2014 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަމްބަރު ފޯނާއެވެ.

02 އޮކްޓޫބަރު 2014
ހޯދާ