ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
21000 މެޓްރިކް ޓަނުހަކުރު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

މި ކުންފުންޏަށް 21000 މެޓްރިކް ޓަނުގެ ހަކުރު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުންޏަށް 21000 މެޓްރިކް ޓަނުގެ ހަކުރު ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ބައިނަލްއަޤްވާމީ ފެންވަރުގައި ހަކުރު ފޯރުކޮށްދިނުމުގެ ތަޖުރިބާހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތައް:

ބާވަތް: ރިފައިންޑް ކްރިސްޓަލް ވައިޓް ޝުގަރ (Refined Crystal White Sugar) އެވެ.

ޤައުމު: ދުނިޔޭގެ ކޮންމެ ޤައުމެއްގެ އުފެއްދުމެއް ވެސް މިބީލަމުގައި ޤަބޫލުކުރެވޭނެއެވެ.

ޝިޕްމަންޓުގެ ތާވަލު އަދި ޖުމްލަ އަދަދު:

މުދާ ފޯރުކޮށްދޭންވާނީ ބައިބަޔަށް މިކުންފުނިން އެދިލައްވާ ތާވަލެއްގެ ދަށުން 21000 މެޓްރިކް ޓަން ގެނެސް ޚަލާޞްވަންދެންނެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސި ބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2014 އޮކްޓޫބަރު 12ވާ ދުވަހުގެ ދިހައެއް ޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދަ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ޤަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދު ފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2014 އޮކްޓޫބަރު 14 ވަނަ ދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 އޮކްޓޫބަރު 19 ވާ ދުވަހުގެ ދިހައެއް (10:00) ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައި ގަނެފައިވާ ފަރާތްތަކަށްް ޖަވާބުދާރީ ވެވޭނެއެވެ.

ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2014 އޮކްޓޫބަރު 28 ވަނަ ދުވަހުގެ މެންދުރު ފަހުގެ ތިން ގަޑި ސުންމިނެޓް (15:00) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ހެޑްއޮފީހުގެ ކޮންފަރެންސް ރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:              ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:           318 44 33 960+ / 333 44 33 960+

ފެކްސް:               633 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:  އިބްރާހީމް މިރްޒާޤު

އީމެއިލް:               [email protected]

އިތުރު މައުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި ( GMT+5:00 )

30 ސެޕްޓެންބަރު 2014
ހޯދާ