މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސަރވޭލިއަންސް ކެމެރާ ސިސްޓަމެއް ސަޕްލައިކޮށްދީ، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިސަރވިސް އަށް ސަރވޭލިއަންސް ކެމެރާ ސިސްޓަމެއް ސަޕްލައިކޮށްދީ އަދި މިއޮފީހުން ދައްކާގޮތަށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MMS-A/2014/24 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުގެ 10:30 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ހުންނަ މިސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 22 ވަނަ ބުދަ ދުވަހުގެ 10:30 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ