ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ވައިސް ޗާންސެލަރެއް ބޭނުން ވެއްޖެ

މަޤާމު:         ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާރޗް އެންޑް ޑިވެލޮޕްމަންޓް)

މަޤާމުގެ ކްލެސިފިކޭޝަން:  ޗާންސެލަރީ

ބޭނުންވާ ޢަދަދު:     1

މަޤާމުގެ މުއްދަތު:    ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

ލިބޭ އުޖޫރައާއި އެހެނިހެން ޢިނާޔަތްތައް:

1. މުވައްޒަފަށް ލިބޭ މުސާރަ: މަހަކު -/20,000  ރުފިޔާ (ހުރިހާ އެލަވަންސް އާ އެކު މަހަކު -/35,500 ރުފިޔާ)

2. އެލަވަންސް: މަހަކު -/15,000  (މިއެލަވަންސް ދެވެނީ މަސައްކަތް ނިންމުމަށް އިތުރު ގަޑީގައި ވެސް މަސައްކަތް ކުރާނެ ކަމަށް ބަލައެވެ.)

3. ފޯން އެލަވަންސް: މަހަކު -/500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

  1. ދަށްވެގެން އެމް.ކިޔޫ.އޭ އިން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 10  ވަނަ ލެވެލްގެ ސަނަދެއް އޮތުން. މި ވަޒީފާއަށް މީހުން ހޮވުމުގައި، ތަޢުލީމީ ހުރިހާ މަރުޙަލާތައް ކަޑައްތުކޮށްގެން ޑޮކްޓަރ އޮފް ފިލޯސަފީ ހޯދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  2. ވަޒީފާގެ މަސައްކަތާ ބެހޭ ޑޮކިޔުމަންޓްތައް ރަނގަޅަށް އިނގިރޭސިބަހުން ލިޔަން އެނގުން.

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން.  ޚާއްޞަކޮށް މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނެޖްމަންޓް ތަޖުރިބާ ކަމުގައި ބަލާނީ ދަށްވެގެން އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނިދާނެއެވެ. ޢަދަދުކުރުމުގައި ތަޖުރިބާ ގުނާނީ ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

ވަޒީފާގެ ބައެއް ޝަރުޠުތައް:

1. މަޤާމުގައި ހުންނަ މީހަކު އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީއިން ބޭރުގައި އަދާ ކުރެވޭނީ ކައުންސިލްގެ ހުއްދަލިބިގެންނެވެ.

2. ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން ޔުނިވަރސިޓީގެ ވެބް ސައިޓުން (http://www.mnu.edu.mv/index.php/future-staff) ލިބޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު: 16 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޯސް ނިންމި ކަމުގެ ލިއުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ މުއްދަތު ހަމަނުވާ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާ ކުރާ ނުވަތަ އަދާ ކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާއަށް ކުރިމަތި ލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާ އެކު،)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ. އީމެއިލް:  [email protected]

 

 

28 ސެޕްޓެންބަރު 2014
ހޯދާ