ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު -/7,875 ރ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރ

އޮފީސް:

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް/ވ.ވިލިގިލި

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1,975 ރ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 4

މަގާމްގެ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސެއް ލިބެމުންދިޔުމާއި އެކު، އެމް.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 4 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ބައްލަވައި ސޮއި ކުރެއްވުމަށްފަހު ފައިލް ކުރެއްވުމަށް ދެއްވުން.
  • ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތި އޯޑަރ ކުރުމަށް ހުށަހަޅާ ޚިދުމަތައް އެދޭ ފޯރމުގައި އޯޑަރ ކުރުމުގެ ހުއްދަ ދެއްވުން
  • ކޮންމެ އަހަރެއްގެ ވެސް ބަޖެޓްގައި ހިމަނަންޖެހޭ އައިޓަމްތައް ކަނޑައަޅާ، ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • އިދާރީ މުވައްޒަފުންނާއި ލައިބްރަރީ މުވައްޒަފުންގެ މަސައްކަތް ސުވަޕައިޒްކޮށް ބެލެހެއްޓުން.
  • ސްޓޮކް ބާކީ ފޮތް 3 މަހުން އެއްފަހަރު ޗެކްކޮށް ބަލާ 6 މަހުން އެއްފަހަރު ސްޓޮކް ބާކީ ކުރެވިފައިވަނީ ރަނގަޅަށްތޯ ބެލުން.
  • ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ނޯޓް، ސިޓީ ފަދަ ލިޔުންތަކުގައި ވެރިޔާ ނެތް ހިނދެއްގައި ސޮއިކުރެއްވުން.
  • އަހަރު ރިޕޯޓް ތައްޔާރުކޮށް މުއްދަތަށް ޔުނިވަރސިޓީއަށް ހުށަހެޅުން.
  • ސެންޓަރުގެ ޓްރެއިނިންގ ހިންގުމަށާއި އަދި އިދާރީ ހިންގުމުގެ ޚަރަދު ކޮންޓްރޯލް ކުރުމަށް ވެރިޔާގެ އިރުޝާދާއެކު މަސައްކަތްކުރުން.
  • މުވައްޒަފުންގެ ތެރޭގައި މަސައްކަތުގެ ރޫޙު އާލާކޮށް އެންމެންގެ އެއްބާރުލުމާއެކު މަސައްކަތް ކުރާނެ މާހައުލެއް ޤާއިމްކުރުން.
  • ސެންޓަރުން ދެވޭ ޚިދުމަތްތައް ހަލުވި ކުރުމަށާއި އަދި ފެންވަރު ރަގަޅުކުރުމަށް އަޅަން ޖެހޭ އިސްލާޙީ ފިޔަވަޅުތައް އެންމެ އިސްވެރިޔާއަށް ހުށަހެޅުން.
  • މެނޭޖްމަންޓް ކޮމިޓީއާއި، އެކަޑަމިކް ރިވިއު ކޮމިޓީ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުމާއި އަދި އިސްވެރިޔާ ހާޒިރު ނުވެވިއްޖެނަމަ ޖަލްސާތައް ޗެއަރ ކުރެއްވުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

13 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
29 ސެޕްޓެންބަރު 2014
ހޯދާ