މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މެއިލް ބަހާ މީހުން

މަޤާމު 01 :

ކޮންޓްރެކްޓް އުޞޫލުން މެއިލް ބަހާ މީހުން

އުޖޫރަ :

  1. ދުވާލަކު 1 ޕޮއިންޓުން 100 ޕޮއިންޓަށް (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 3.75 ރުފިޔާ
  2. ދުވާލަކު 101 ޕޮއިންޓުން 150 ޕޮއިންޓަށް  (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.00 ރުފިޔާ
  3. ދުވާލަކު 151 ޕޮއިންޓުން 200 ޕޮއިންޓަށް  (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.50 ރުފިޔާ

އަމިއްލަ  ދުއްވާ އެއްޗެއްގައި މެއިލް ބަހާނަމަ، އޮންނަ އުސޫލުން ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާރޓްމަންޓް :

މެއިލް އެންޑް ކާރގޯ އޮޕަރޭޝަންސް ޑިޕާރޓްމަންޓް

 

މި މަޤާމުތަކުގެ ޝަރުޠު :

  • ކަމާގުޅޭ ތަޖުރިބާ ލިބިފައިވުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން
  • ކޮންޓްރެކްޓް އުޞޫލުން މެއިލް ބަހާ މީހުން 100 ޕޮއިންޓަށް މެއިލް ބެހުމުގެ ޤާބިލުކަން ހުރުމާއެކު އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • އިންޓަވިއުއިން ފާސްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއި ގުޅޭނޭ ފޯނު ނަންބަރާ އެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓު

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން، އެދެމެވެ. ސިޓީގައި ގުޅޭނެ ފޯން ނަންބަރެއް ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލު ކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ހޮވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272، 3009273، 3009274

                                  ފެކްސް: 3321559

23 ސެޕްޓެންބަރު 2014
ހޯދާ