ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

އަދަދު

01 (އެކެއް)

 

މަސައްކަތް ކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތު ކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން ނުވަތަ

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ރެޖިސްޓްރަރ އަންގަވާ ގޮތެއްގެ މަތިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓް ކުރުމާއި ޓައިޕްކޮށް ފޮނުވުމުގެ ކަންތައްތައް ކުރުން.
  2. ރެޖިސްޓްރަރ ބާއްވަން ހަމަޖައްސަވާ ނުވަތަ ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  3. ކޮންމެ މަހެއް ނިމުމުން އެމަހެއްގެ މަސްދުވަހުގެ ރިޕޯޓު ރަޖިސްޓްރަރގެ ލަފާފުޅުގެ މަތިން ތައްޔާރުކުރުން.
  4. ރެޖިސްޓްރަރ އަންގަވާ ގޮތެއްގެ މަތިން މެމޯ ތައްޔާރު ކުރުން.
  5. ފޮނުވާ ސިޓީތަކާއި އަންނަ ސިޓީތައް އަދި އެހެނިހެން ލިޔެކިޔުންތައް ސްކޭންކުރުމާއި ފައިލްކުރުން.
  6. އެންޓްރީ އިން ލިބޭ ތަކެތި ރެޖިސްޓްރަރ ރިމާކްސް ދިނުމުން ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  7. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އެންމެހާ ކަންތައްތައް ކުރުން.
  8. ރާއްޖެތެރޭ ކޯޓް (މެޖިސްޓްރޭޓް ކޯޓް) ތަކުން އަންނަ މެސެޖްގައި ބުނާ ހެކިބަސް ނެގުމާއި، ޗިޓް ރައްދުކުރުމުގެ މަސައްކަތް ކުރުން.
  9. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުވާލިބޭ ފަރާތްތަކަށް މައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1. ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

ސުންގަޑި

09 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓު ކުރެވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
22 ސެޕްޓެންބަރު 2014
ހޯދާ