މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓުތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމު: ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު: 10

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓް ޑިވިޟަން / ރޯޑް އެންޑް ހާބަރ

ޝަރުޠު :

  • ގްރޭޑް 7 ގެ ފެންވަރު ހުރުން
  • ގުޅުންހުރި ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

 

އުމުރު : އުމުރުންް 40 އަހަރާއި 25 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

 

މުސާރަ: މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ / ސެކްޝަން / ޔުނިޓްގައި ކުރެވޭ އެންމެހާ މަސައްކަތެއްގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން.

- މަސައްކަތުގައި ބޭނުންކުރާ އެންމެހާ ޓޫލްސް ފަދަ ތަކެތި ސާފުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- މަސައްކަތް ކުރުމަށްފަހު މަސައްކަތުގެ މާޙައުލު ސާފުކުރުން.

- ޙަވާލުކުރެވޭ މަސައްކަތްތައް ކަނޑައެޅޭ މުއްދަތު / ވަގުތުގެ ތެރޭގައި ފުރިހަމަކުރުން.

 

މަޤާމު: އިކުއިޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓް ޑިވިޟަން / ރޯޑް އެންޑް ހާބަރ

ޝަރުޠު :

  • ގްރޭޑު 7 ފުރިހަމަ ކޮށްފައިވުން.
  • ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • V1 އެކްސްކެވޭޓަރ، ލޯޑަރ، ފޯކްލިފްޓް އަދި C1E ޓްރެކްޓަރު ދުއްވުމުގެ ލައިސެންސް ލިބިފައިވުން.

 

އުމުރު : އުމުރުންް 30 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

 

މުސާރަ: މަހަކު -/9,000 އާއި -/11,000 އާ ދެމެދު.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސެކްޝަންގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެކްސްކެވޭޓަރ، ލޯޑަރ، ފޯކްލިފްޓް އަދި ޓްރެކްޓަރު ފަދަ އުޅަނދުފަހަރު ސަލާމަތީ ގަވާއިދުތަކުގެ މަތީން އޮޕަރޭޓްކޮށް، އެ އުޅަނދުފަހަރު ޗެކުކޮށް ބެލެހެއްޓުން.

- ޙަވާލުކުރެވޭ މަސައްކަތްތައް ކަނޑައެޅޭ މުއްދަތު / ވަގުތުގެ ތެރޭގައި ފުރިހަމަކުރުން.

- މަސައްކަތުގައި ބޭނުންކުރާ އެންމެހާ ޓޫލްސް ފަދަ ތަކެތި ސާފުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ / ސެކްޝަން / ޔުނިޓްގައި ކުރެވޭ އެންމެހާ މަސައްކަތެއްގައި ބައިވެރިވެ، އެހީތެރިކިން ފޯރުކޮށްދިނުން.

- މަސައްކަތް ކުރުމަށްފަހު މަސައްކަތުގެ މާޙައުލު ސާފުކުރުން.

 

މަޤާމު: ޕޯޓަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު :

  • ގްރޭޑް 10 ގެ ފެންވަރު ހުރުން.

 

އުމުރު : އުމުރުންް 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

 

މުސާރަ: މަހަކު -/9،000 އާއި -/10,000 އާ ދެމެދު.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްގައި ޕެސެންޖަރުން ބޭނުންކުރުމަށްޓަކައި ޓްރޮލީތައް އަތުރައި ބެލެހެއްޓުން.

- ޕެސެންޖަރުން އެދިއްޖެ ހިނދެއްގައި ލަގޭޖް ގެންދިޔުމަށް އެހީތެރިވުން، ޚާއްސަކޮށް ދުވަސްވީ ޕެސެންޖަރުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ޕެސެންޖަރުން އަދި ތުއްތުކުދިން ގޮވައިގެން އުޅޭ އަންހެން ޕެސެންޖަރުންނަށް އެހީތެރިވުން.

- ބެޖޭގް ސްޓޯރ ރޫމްގައި ލަގޭޖް ބަލަހައްޓައި، ސެކްޝަނަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހަމަކުރުން އަދި ޓްރޮލީތަކުގެ ސާފުތާހިރުކަން ޗެކުކޮށް ބެލެހެއްޓުން.

- ޕެސެންޖަރުންނަށް ފޮރުޅުލީ ގޮނޑި އަދި ފުރޮޅުލީ އެނދުގެ ޚިދުމަތް ދިނުން.

 

މަޤާމު : އިކުއިޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 04

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް  

ޝަރުޠު :

1. ގްރޭޑް 9 ގެ ފެންވަރު ހުރުން.

2. B1 ނުވަތަ C1 ކެޓަގަރީ ޑްރައިވިންގް ލައިސަންސްއެއް އޮތުން.

3. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

4. ދުޅަހެޔޮ ޞިއްޙަތެއްގެ ވެރި ފަރާތެއް ކަމުގައިވުން.

 

އުމުރު : އުމުރުންް 30 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

 

މުސާރަ: މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބެގޭޖް ޓްރެކްޓަރ ދުއްވުމާއި، މަތިންދާ ބޯޓަށް އަރުވައި އަދި ބާލައި ލަގެޖް ނުވަތަ ކާގޯ އުފުލުން.

- މަތިންދާބޯޓަށް ހައިލޯޑަރު އަދި ކޮންވެޔަރ ބެލްޓުގެ ޚިދުމަތްދިނުން.

- މަތިންދާބޯޓަށް ސިޑި ގެންގޮސް ގެނެސްދިނުން.

- ރޭމްޕްގައި ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ވެހިކަލްތައް ދުއްވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ

 

ކުރިމަތިލުމުގެ ސުންގަޑި : 2 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00ގެ ކުރިން.

 

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :  

 ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު : ފޯނު –3325511    

 އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

 

                     23 ޛުލްޤަޢިދާ 1435 ހ.

18 ސެޕްޓެންބަރު 2014
ހޯދާ