ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމު:

އެމް.އެސް. 3

ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ސިސްޓަމްސް މެނޭޖްމަންޓް

ޑިވިޜަން:

7035.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް:

4000.00 ރުފިޔާ

ލިވިންގ އެލަވަންސް:

2462.25 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. ސޮފްޓްވެއަރ އިންޖީނިއަރިންގ، ކޮމްޕިއުޓަރ ސައެންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. ސޮފްޓްވެއަރ އިންޖީނިއަރިންގ، ކޮމްޕިއުޓަރ ސައެންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ އެޕްލިކޭޝަން އަދި ޑޭޓާބޭސްގައި ޞައްޙަ މަޢުލޫމާތު ދެމެހެއްޓުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތައް ކަމަށްވާ ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އިސް މުވައްޒަފުންގެ ލަފާޔާއި އިރުޝާދުގެ މަތިން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނައުން.
  3. ސިވިލް ސަރވިސްގެ ގަވާއިދު ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނެސް ޓެސްޓްކުރުން.
  4. އެޕްލިކޭޝަން އާއި ޑޭޓާބޭސް ޑިސެންޓްރަލައިޒް ކުރުމަށް ކުރެވޭ މަސައްކަތް ބެލެހެއްޓުން.
  5. ކޮމިޝަނުގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ އެހެނިހެން ސޮފްޓްވެއަރ އެޕްލިކޭޝަންތަކުގެ މަސައްކަތް ކުރުން.
  6. ކޮމިޝަނުގެ އެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ފަރުމާކުރުން.
  7. މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރ ތަކުގެ ޑިޒައިން އަދި ސްޓްރަކްޗަރ އެންމެ އެކަށީގެންވާ މިންވަރަށް ދެނެގަތުމުގެ މަސައްކަތް ކުރުން.
  8. ސިސްޓަމް ފަރުމާކޮށް ޓެސްޓުކޮށް، އެކި ސްޓޭޖްތަކުގައި ސިސްޓަމް ޑޮކިއުމެންޓޭޝަން ތައްޔާރުކުރެވޭ ވަރުގެ ޤާބިލުކަން ހުރުން.
  9. ސަރުކާރުގެ މަސްއޫލު އޮފީސްތަކުންނާއި އެހެނިހެން ފަރާތްތަކުން ސިވިލް ސަރވިސް އާ ބެހޭގޮތުން ބޭނުންވާ ތަފާތު ބާވަތްތަކުގެ ތަފާސްހިސާބު ނެގުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:                 

 

 

  • ތަޢުލީމާއި ތަމްރީނު %38
  • މަސައްކަތުގެ ތަޖުރިބާ %8
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %54

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގެ ކްރައިޓީރިއާ:

  1. PHP، ASP.NET، VB.NET، C#، ފަދަ ލެންގްއެޖް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަންސް ފަރުމާކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ހުރުން.
  2. MSSQL Server، އަދި MySQL ފަދަ ޑޭޓާބޭސް ބޭނުންކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. AJAX ޓެކްނޯލޮޖީ ފަދަ އާލާތްތައް ބޭނުންކޮށް މޮޑިއުލަރ ބޭސްޑް ޕްރޮގްރާމިންގ ކުރުމުގެ ތަޖުރިބާ ހުރުން.
  4. T-SQL ބޭނުންކޮށްގެން ޑޭޓާބޭސް ކްއެރީ ކުރުމުގެ ތަޖުރިބާ ހުރުން.
  5. ގްރެފިކް ޑިޒައިން ކުރުމާއި ޔޫޒަރ އިންޓަރފޭސް ފަރުމާކުރުމުގެ ހުނަރު ލިބިފައިވުން.

މަޤާމަށް މީހަކު ހޮވުމުގައި އިތުރަށް ބަލާނެ ކަންތައްތައް:

މި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް، 2014 އޮކްޓޫބަރު 08 އާއި 2014 އޮކްޓޫބަރު 16 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

02 އޮކްޓޫބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް. (ވެލާނާގެ 12 ވަނަ ފަންގިފިލާ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް  ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދަކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މިކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

22 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ