މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

ވަޒީފާގެ ފުރުޞަތު (ކޮންސަލްޓެންޓް)

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް ކޮންސަލްޓަންޓެއް ބޭނުންވެއެވެ.

މަޤާމު: ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: ހަތަރު  (4) މަސް ދުވަސް.

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައި ވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް http://www.eedp.moe.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޮކްޓޫބަރު 2014 ގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 8 ވަނަ ފަންގިފިލާ އަށް އަންނަނިވި ޑޮކިއުމަންޓުތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341319 އަށް ގުޅުއްވުން އެދެމެވެ.

މި ގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖައްސަވާފައިވާ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރެންސް ލެޓަރ

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

      ޕްރޮޖެކްޓް ކޯޑިނޭޓަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )، ޕޮލިސީ ޕްލޭނިންގ އެންޑް ރީސާރޗް ސެކްޝަން

      މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގެ (9 ވަނަ ފަންގިފިލާ)

      މާލެ، ދިވެހިރާއްޖެ

      ފޯން: 3341103

[email protected]  އީމެއިލް      

މަޤާމަށް ހޮވުން: - މި މަޤާމަށް ހޮވޭނީ ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރ.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓެންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު ، ޖަނަވަރީ 2011 " ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު: - މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341103 ނުވަތަ 3341319 އާ ގުޅުއްވުން އެދެމެވެ.

 

22 ސެޕްޓެންބަރު 2014
ހޯދާ