ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
10 ބުރީގެ ޢިމާރާތެއްގެ އާކިޓެކްޗަރަލް ކުރެހުމާއި އިންޖިނިއަރިންގ ކުރެހުމާއި ބީ.އޯ.ކިއު އަދި ބިޑިން ޑޮކިއުމަންޓް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

3000 އަކަފޫޓުގެ ބިމެއްގައި 10 ބުރީގެ ޢިމާރާތެއްގެ އާކިޓެކްޗަރަލް ކުރެހުމާއި އިންޖިނިއަރިންގ ކުރެހުމާއި ބީ.އޯ.ކިއު އަދި ބިޑިން ޑޮކިއުމަންޓް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި މިއޮފީހުގެ ނަންބަރު IUL)164/1/2014/115) އިޢުލާނާ ގުޅިގެން ދީފައިވާ ސްޕެސިފިކޭޝަނަށް ބަދަލުއައުމާ ގުޅިގެން މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، 3000 އަކަފޫޓުގެ ބިމެއްގައި 10 ބުރީގެ ޢިމާރާތެއްގެ އާކިޓެކްޗަރަލް ކުރެހުމާއި އިންޖިނިއަރިންގ ކުރެހުމާއި ބީ.އޯ.ކިއު އަދި ބިޑިން ޑޮކިއުމަންޓް ތައްޔާރު ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޢިމާރާތަށް (64 ނަންބަރު، ކަލާފާނު ހިނގުން) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

‏30 ޛުލްޤަޢިދާ 1435

25 ސެޕްޓެންބަރު 2014
ހޯދާ