އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އިކްވިޕްމަންޓްތަކާއި، ލިޔެކިޔުންތައް ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އިކުއިޕްމަންޓުތަކާއި، ލިޔެކިޔުންތައް ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރީން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (ގްރީން ބިލްޑިންގ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

(މިއީ މި އެޖެންސީގެ ނަންބަރު IUL)203-ADMIN/1/2014/1)ފ(18 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކާއެކު ހުށަހަޅަންޖެހޭ ބައެއް މަޢުލޫމާތު ހުށަހަޅާފައިނުވާތީ، ހުށަހަޅަންޖެހޭ ހުރިހާ މަޢުލޫމާތާއެކު އަންދާސީހިސާބު ހުށަހެޅުމަށް އަލުން ހުޅުވާލެވޭ ފުރުޞަތެކެވެ.)

ގުދަން ކުއްޔަށް ހިފުމުގައި ބަލާނެ މައިގަނޑު އުސޫލުތައް

  1. ގުދަން ހެދިފައިވާ ފެންވަރު
  2. ގުދަނުގެ ބޮޑުމިން މަދުވެގެން 600 އަކަފޫޓަށް ވުރެ ކުޑަނުވުން.
  3. ގުދަން ހުރި ލޮކޭޝަން
  4. ވަދެނިކުމެ އުޅުމާއި ޕާކްކުރުމުގައި ހުރި ފަސޭހަތައް
  5. ކަރަންޓް ހުރުން

ހުށަހަޅަންޖެހޭ މަޢުލޫމާތު

  1. ގުދަނުގެ ބޮޑުމިން އެނގޭނެ ކުރެހުމަކާއި، ތަނުގެ ބޮޑުމިން އަކަފޫޓުން ހުށަހެޅުން
  2. ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  3. ގުދަން ކުއްޔަށްދޭ ފަރާތުން ޖީ.އެސް.ޓީ ނުވަތަ ބީ.ޕީ.ޓީ ރަޖިސްޓަރީގެ ކޮޕީ
  4. ގުދަން ހުރި ސަރަހައްދު ބަޔާންކުރުން
  5. ގުދަނުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށްޖެހޭ މިންވަރު އަދި ޖުމުލަ އަގު ހިމެނޭ ގޮތަށް)، އަގު ހުށަހަޅާނީ މަހު ކުލީގެ ގޮތުގައެވެ.
  6. ގުދަން ކުއްޔަށް ދޭ މުއްދަތު
  7. ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާއި އެ ފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

ގުދަން ހިފުމުގައި ޕޮއިންޓު ދޭނެގޮތް

  1. ހުށަހަޅާފައިވާ އަގަށް 60 ޕޮއިންޓު.
  2. ގުދަން ކުއްޔަށް ދޭ މުއްދަތަށް 10 ޕޮއިންޓު
  3. ލޮކޭޝަން ނުވަތަ ގުދަން ހުރި ސަރަހައްދަށް 10 ޕޮއިންޓު
  4. ގުދަން ހެދިފައިވާ ފެންވަރަށް 20 ޕޮއިންޓު

މިއެޖެންސީގެ އެޑްރެސް:

            އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

            ގްރީން ބިލްޑިންގ 3 ވަނަ ފަންގިފިލާ

            ހަނދުވަރީހިނގުން 20392

            މާލެ، ދިވެހިރާއްޖެ.

            ފޯން: 3335949/ 3335951

26 ޛުލްޤަޢިދާ 1435        

21 ސެޕްޓެންބަރު 2014
ހޯދާ