ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އޮފީސް ޢިމާރާތެއް ހޯދުން

މި ޑިޕާޓްމަންޓު ހިންގުމަށްޓަކައި 7000 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ބޭނުންވެއްޖެއެވެ.

ވީމާ، އެކަށީގެންވާ ފެންވަރަކަށް ބިނާކޮށްފައިވާ ޢިމާރާތެއްގެ ގިނަވެގެން 3 ފަންގިފިލާއިން މި މިންވަރަށް ޖާގަ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 28 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 2 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 6 ވަނަ ފަންގިފިލާގައެވެ.

26 ޛުލްޤަޢިދާ 1435

21 ސެޕްޓެންބަރު 2014
ހޯދާ