ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ (ޖަނަވަރީ) ގައި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

2015 ވަނައަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

1- ޝަރީޢަތާ ޤާނޫނު ޑިގްރީ (އޮނާރސް)

2- އިސްލާމް މުދައްރިސް ޑިގްރީ (އޮނާރސް)  

3- ޤުރްއާން މުދައްރިސް ޑިގްރީ (އޮނާރސް) 

4- ދިރާސާތު އިސްލާމިއްޔާ ޑިގްރީ (އޮނާރސް) 

5- ތަރުބިއްޔާ އިސްލާމިއްޔާ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ

6- އިސްލާމް މުދައްރިސް ޑިޕްލޮމާ  

7- ޤުރްއާން މުދައްރިސް ޑިޕްލޮމާ 

8- އިމާމް ޑިޕްލޮމާ

9- އިމާމް ސެޓުފިކެޓު 3

10- ޤިރާއަތު ސެޓުފިކެޓު 4

11-  ޤިރާއަތު ސެޓުފިކެޓު 3

12-  ޢަރަބި ބަހުގެ ޑިޕްލޮމާ

13-  ޢަރަބި ބަހުގެ އެޑްވާންސްޑް ސެޓުފިކެޓު

14-  ޢަރަބި ބަހުގެ ސެޓުފިކެޓު 3

15-  ޢަރަބި ބަހުގެ ސެޓުފިކެޓު 2

16-  ޢަރަބި ބަހުގެ ސެޓުފިކެޓު 1

17-  ފައުންޑޭޝަން

18-  ޕްރީފައުންޑޭޝަން

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ން ފެށިގެން ކުއްލިއްޔާގެ ކައުންޓަރުންނެވެ. އަދި ފޯމު ބަލައިގަންނާނީ 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ން ފެށިގެންނެވެ.

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެފީ

ޑިގްރީ

ޝަރީޢަތާއި ޤާނޫނު ޑިގްރީ (އޮނާރސް)

ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވެލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،

ރ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއެކު،  އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ،  

ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

30

4 އަހަރު (8 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ޑިގްރީ

އިސްލާމް މުދައްރިސް ޑިގްރީ (އޮނާރސް)  

ޤުރްއާން މުދައްރިސް ޑިގްރީ (އޮނާރސް) 

ހ. މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވެލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުމާއެކު، ކުއްލިއްޔާއިން ދޭ ޤުރްއާން އިމްތިޙާނުން ފާސްވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުމާއެކު، ކުއްލިއްޔާއިން ދޭ ދިވެހި، އިސްލާމް އިމްތިޙާނުން ފާސްވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،

ރ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ، 

ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

30

4 އަހަރު (8 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ޑިގްރީ

ދިރާސާތު އިސްލާމިއްޔާ ޑިގްރީ (އޮނާރސް) 

ހ.  މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވެލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ.  އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،

ރ. ޖީ.ސީ.އީ.އޯ ލެވެލް ފުރިހަމަ ކޮށްފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ، 

ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

30

4 އަހަރު (8 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ލެވެލް 8

ތަރުބިއްޔާ އިސްލާމިއްޔާ  ޕޯސްޓު ގުރޭޖުއޭޓު ޑިޕްލޮމާ

ހ. ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ (ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. ޢުމުރުން 21 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ތަޢުލީމު ހާސިލުކޮށްފައިވުން.

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/4850

ޑިޕްލޮމާ

ޤުރުއާން މުދައްރިސް ޑިޕްލޮމާ

ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވެލްގެ 3 މާއްދާ) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ،

ރ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވެލް ގެ) ކިޔެވުން ފުރިހަމަ ކޮށްފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވެލް 3 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ، 

ބ. ޢުމުރުން 16 އަހަރު ފުރިފައިވުމާއެކު،  އެމް.އެން.ކިޔޫ.އެފް ލެވެލް 3 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން.

30

2 އަހަރު (4 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ޑިޕްލޮމާ

އިސްލާމް މުދައްރިސް ޑިޕްލޮމާ

އިމާމް ޑިޕްލޮމާ

ސެޓުފިކެޓު ލެވެލް 3

އިމާމް ސެޓުފިކެޓު 3

ހ. އަސާސީ ތަޢުލީމު (ގުރޭޑް 7 އާ އެއްފެންވަރަށް) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން.

30

1 އަހަރު (2 ސެމިސްޓަރ)

ހިލޭ

ސެޓުފިކެޓު ލެވެލް 4

ޤިރާއަތު ސެޓުފިކެޓު 4

ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވެލްގެ 3 މާއްދާ) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ޢުމުރުން 16 އަހަރު ފުރިފައިވުމާއެކު، އެމް.އެން.ކިޔޫ.އެފް ލެވެލް 3 ގެ ފައުންޑޭޝަން ފުރިހަމަކޮށްފައިވުން.

30

1 އަހަރު (2 ސެމިސްޓަރ)

ހިލޭ

ސެޓުފިކެޓު ލެވެލް 3

ޤިރާއަތު ސެޓުފިކެޓު 3

ހ. އަސާސީ ތަޢުލީމު (ގުރޭޑް 7 އާ އެއްފެންވަރަށް) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ޢުމުރުން 18 އަހަރު ފުރިފައިވުމާއެކު، ކޯހުގައި ކިޔަވައިދޭ ބަހުން ލިޔަން، ކިޔަން، ވާހަކަ ދައްކަން އެނގުމުގެ އިތުރުން، އެފަދަ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކުއްލިއްޔާއިން ދޭ ޤުރްއާން އިމްތިޙާނަކުން ފާސްވުން.

30

1 އަހަރު (2 ސެމިސްޓަރ)

ހިލޭ

ޑިޕްލޮމާ

ޢަރަބި ބަހުގެ ޑިޕްލޮމާ

ހ. ކުއްލިއްޔާއިން ޢަރަބި ބަހުގެ ސެޓުފިކެޓު 4 ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ، ލެވެލް 4 އާ އެއްފެންވަރެއްގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލު ކޮށްފައިވުން. 

60

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ސެޓުފިކެޓު ލެވެލް 4

ޢަރަބި ބަހުގެ އެޑްވާންސްޑް ސެޓުފިކެޓު

ހ.  ކުއްލިއްޔާއިން ޢަރަބި ބަހުގެ ސެޓުފިކެޓު 3 ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ، ލެވެލް 3 އާ އެއްފެންވަރެއްގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލު ކޮށްފައިވުން.  

40

1 އަހަރު (2 ސެމިސްޓަރ)

ހިލޭ

ސެޓުފިކެޓު ލެވެލް 3

ޢަރަބި ބަހުގެ ސެޓުފިކެޓު 3

ހ. ކުއްލިއްޔާއިން ޢަރަބި ބަހުގެ  ސެޓުފިކެޓު 2 ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ، ލެވެލް 2 އާ އެއްފެންވަރެއްގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލު ކޮށްފައިވުން.  

40

1 އަހަރު (2 ސެމިސްޓަރ)

ހިލޭ

ސެޓުފިކެޓު ލެވެލް 2

ޢަރަބި ބަހުގެ ސެޓުފިކެޓު 2

ހ. ކުއްލިއްޔާއިން ޢަރަބި ބަހުގެ ސެޓުފިކެޓު 1 ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ، ލެވެލް 1 އާ އެއްފެންވަރެއްގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލު ކޮށްފައިވުން.  

40

6 މަސް (1 ސެމިސްޓަރ)

ހިލޭ

ސެޓުފިކެޓު ލެވެލް 1

ޢަރަބި ބަހުގެ ސެޓުފިކެޓު 1

ހ. ފަށާ ތަޢުލީމުގެ މިންވަރަށް ތަކެތި (ލިޔަން، ކިޔަން، ވާހަކަދައްކަން) ދަންނަ މީހަކު ކަމުގައިވުމާއެކު،

ށ. ޢުމުރުން 16 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައި ވުން.

90

6 މަސް (1 ސެމިސްޓަރ)

ހިލޭ

ލެވެލް 4

ފައުންޑޭޝަން

ހ. ޖީ. ސީ. އީ އޯލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން ސީ ގްރޭޑުން ފާސްވެފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިން ފާސްވެފައިވުން. ނުވަތަ،  

ށ. ކުއްލިއްޔާގެ ޕްރީފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ،

ނ. އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓިފިކެޓް ލެވެލް 3 ފެންވަރުގެ އިމްތިޙާނަކުން، ކުއްލިއްޔާއިން ކަނޑައަޅާ 3 މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން.

އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު،

ރ. ޢުމުރުން 16 އަހަރާ 25 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.  

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ލެވެލް 3

ޕްރީ ފައުންޑޭޝަން

ހ. ގްރޭޑް 10 ނިންމާ އިމްތިޙާނުން، 'ދިވެހި' ހިމެނޭގޮތަށް 3 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

ށ. ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިނެތުން.

ނ. ޢުމުރުން 16 އަހަރާ 25 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.

30

6 މަސް (1 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ނޯޓް:

ސެޓުފިކެޓު ލެވެލް 7 (ބެޗްލަރސް ޑިގްރީ) ން މަތީ ކޯސްތަކަށް ދަރިވަރުން ހޮވުމުގެ ޚާއްޞަ އުސޫލު:  

  • އެފަދަ ކޯހަކަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަ ވުމާއެކު، އައި.ޖީ.ސީ.އެސް.އީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ދަށްވެގެން "ސީ" ފާސްވެފައިވުން. ނުވަތަ އައި.އެލް.ޓީ.އެސް އިމްތިޙާނުގެ 'އިނގިރޭސި' (5.5) ން މަތިން ފާސްވެފައިވުން. ނުވަތަ އިނގިރޭސި ބަހުގެ (މަތީގައި ބަޔާންކޮށްފައިވާ) ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރުގެ ފާހެއް އޮތުން. ނުވަތަ ކުއްލިއްޔާގެ އިންގްލިޝް ރިކުއަރމެންޓް ޓެސްޓުން ފާސްވެފައިވުން. ނުވަތަ ކުއްލިއްޔާއިން ދޭ އިނގިރޭސިބަހުގެ ފެންވަރު ބެލުމުގެ (އެންޓްރީ) އިމްތިޙާނަކުން ފާސްވުން.  
  • މަތީގައިވާ ޝަރުޠު އެހެން އޮތްކަމުގައި ވިޔަސް، ކޮންޑިޝަނަލް އޮފަރއެއްގެ ގޮތުގައި ކޯހަށް ކުރިމަތިލާ ދަރިވަރު ކޯހުގެ ފުރަތަމަ އަހަރު، އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް ހުށަހެޅުމަށް ޝަރުޠުކޮށް ކޯހަށް ނެގިދާނެއެވެ.

އަދި، މީގެ އިތުރުން، (ކުއްލިއްޔާގެ ބައެއް ކޯސްތަކަށް)  

  • އެސް.އެސް.ސީގެ ދިވެހިން ފާސްވެފައިވުން. ނުވަތަ އެފެންވަރު ހުރިކަން ސާބިތުކޮށްދޭ ލިޔުމެއް އޮތުން، ނުވަތަ ކުއްލިއްޔާއިން ދޭ ފެންވަރު ބެލުމުގެ އިމްތިޙާނަކުން ފާސްވުން. އަދި
  • ބަސްދީގަތުން ދޭންޖެހޭ ފަރާތްތަކަށް ކުއްލިއްޔާއިން ދެވޭ، ބަސްދީގަތުމުން ފާސްވުން.  

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ދެވޭ އިރުޝާދު

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 02 ފޮޓޯ.
  • އެންމެ ފަހުން އުޅުނު ސްކޫލް/ކޮލެޖްގެ ލީވިންގ ސެޓުފިކެޓު ކޮޕީ. (ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާ ނުވަތަ ސަނަދެއް ހުށަހަޅާފައިނުވާނަމަ)
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެންތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސް ކުރިން ކުއްލިއްޔާއަށް ހުށަހަޅަންވާނެއެވެ.
  • ރަޖިސްޓްރޭޝަން އޮންނާނީ 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 09:00 ން 12:00 އަށެވެ.
  • ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އޮރިއެންޓޭޝަން އޮންނާނީ 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ން 12:00 އަށެވެ.
  • ސެމިސްޓަރގެ ކިޔެވުން ފެށޭނީ 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުއެވެ.
  • ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިމްތިޙާނުތަކާއި ބަސްދީގަތުން ދޭންޖެހޭ ފަރާތްތަކުގެ ލިސްޓު 4 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 10:00 ން ފެށިގެން ކުއްލިއްޔާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އިމްތިޙާންތަކާއި ބަސްދީގަތުން އޮންނާނީ 7 ޖަނަވަރީ 2015 ން 12 ޖަނަވަރީ 2015 އަށެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • ވަޒީފާއެއްގައި އުޅޭނަމަ، ކޯސް ފުރިހަމަ ކުރުމަށްޓަކައި، ވަޒީފާ ދިން ފަރާތުން އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހޯދުމަކީ ކޯހަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.
  • ޢަރަބި ބަހުގެ ކޯސްތަކުގެ ކިޔެވުން އޮންނާނީ މެންދުރު ފަހުގެ 4:00 ން ރޭގަނޑު 10:00 އާ ދެމެދުގައެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:  3316870 ނަންބަރަށެވެ.

ކޯހާބެހޭ މަޢުލޫމާތު ކުއްލިއްޔާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. މީގެ އިތުރުން އިދާރާއިންވެސް ލިބިވަޑައިގަންނަވާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:00 ން 14:00 އަށެވެ.

ކޯހަށް ވަނުމަށް އެދޭ ފޯމު ކުއްލިއްޔާގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ