ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

އިޢުލާން

 

                  މި އިދާރާއަށް، ތިރީގައިވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެއެވެ. ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 29 ވަނަ ދުވަހު ހެނދުނު 10:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ލީގަލް އޮފިސަރ

މަޤާމު ނަންބަރ:

16068

ބޭނުންވާ އަދަދު:

1

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

މުސާރަ:

5610.00 ރުފިޔާ

އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ،  ގދ. ތިނަދޫ

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ  ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

 

 

  1. އަތޮޅުގެ އެކި ރަށްރަށުގެ ރަށު ކައުންސިލްތަކުން ޤާނޫނީގޮތުން ހޯދަން އެދޭ ލަފާ ދިނުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. އަތޮޅު ކައުންސިލުން ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. މި ކައުންސިލުން އެކި ފަރާތްތަކާ ދެމެދު ހެދޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އަތޮޅު ކައުންސިލްގެ މައްޗަށް ދަޢުވާ ލިބޭ މައްސަލަތަކާއި، އަތޮޅު ކައުންސިލުން ދަޢުވާކުރާ މައްސަލަތަކުގައި ކޯޓުތަކަށް ގޮސް މި ކައުންސިލުގެ ފަރާތުން ވަކާލާތުކުރުން.
  5. އޮފީހުން ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއާއި އިންޓަރވިއުއަށް ބެލޭނެއެވެ.

އިންޓަވިއުއާއި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާހުރެ އިންޓަވިއު ފަސްވާނަމަ، އެކަން އެ ފަރާތްތަކަށް އަންގާނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް 2014 ސެޕްޓެންބަރު 29 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ  ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރެވިފައިވާ)

3- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

6- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841723 ނަންބަރު ފޯނާއެވެ.

19 ޛުލްޤަޢިދާ  1435

14 ސެޕްޓެންބަރު 2014
ހޯދާ