މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް އޮފިސަރ

މަޤާމު: ސޯޝަލް ސަރވިސް އޮފިސަރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް. 1

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު -/5,610 ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު 2,000/-ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް/ މާލެ

އަސާސީ ޝަރުތު:

  1. ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޯޓްގެ އަމުރަށް ޑައިވަރޝަންއަށް ފޮނުވާ ކުދިންގެ ޕްރޮގްރާމް ހަމަޖެހިފައިވާ އުސޫލްގެ މަތިން ހިންގުމާއި ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  2. ޑައިވަރޝަން ޕްރޮގްރާމް ކުރިއަށްދާގޮތް މޮނިޓަރ ކުރުމާއި ޕްރޮގްރެސް ރިޕޯޓް އެކުލަވާލުމާއި މިކަމާގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ރިކޯޑްތައް ބެލެހެއްޓުން.
  3. ޑައިވަރޝަން ޕްރޮގްރާމްގެ ދަށުން ގޭބަންދުގައި ތިބޭ ކުދިންނަށް ޒިޔާރަތް ކުރުމާއި، މަރުކަޒުގައި ތިބޭ ކުދިންނާއި ޖަލުގައި ތިބޭ ކުދިންނަށް ޒިޔާރަތްކޮށް މޮނިޓަރ ކުރުން.
  4. ޑައިވަރޝަން ޕްރޮގްރާމްގެ ދަށުން ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރަށް ފޮނުވާ ކުދިން މޮނިޓަރ ކުރުމާއިއެކުދިންނަށް ބޭނުންވާ އިޖްތިމާޢީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރިޕޯޓް ކުރުން.
  5. ޑައިވަރޝަން ޕްރޮގްރާމްގެ ދަށުން ކުޑަކުދިންގެ ޖަލަށް ފޮނުވާ ކުދިން މޮނިޓަރކުރުމާއި އެކުދިންނަށް ބޭނުންވާ އިޖްތިމާޢީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ ސުޕަވަރިޒަރަށް ރިޕޯޓް ކުރުން.
  6. ޑައިވަރޝަން ޕްރޮގްރާމް ކުރިއަށްގެންދާ ކުދިންގެ މައްސަލައެއްގައި ފުލުހުންނާއި ކޯޓުން ބާއްވާ ބައްދަލުވުންތަކާއި ތަހުޤީޤުތަކާއި ކޯޓް ސެޝަންތަކަށް ހާޟިރުވާން ޖެހިއްޖެ ހާލަތެއްގައި ޙާޟިރުވުން އަދި ސުޕަވައިޒަރަށް ރިޕޯޓްކުރުމުގެ އިތުރުން ރިކޯޑްސްތައް އަޕްޑޭޓް ކުރުން.
  7. ހަވާލުކުރާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެއްކުރުމާއި، ބެލެހެއްޓުން އަދި ކޮންމެ ތިންމަހުން އެއްމަހު މީޑިއާ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އަޕްޑޭޓް ކުރުން.
  8. ކޭސް ވަރކް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ފަންނީ ލަފާދިނުން.
  9. މީގެ އިތުރުންވެސް ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އިންޓަރވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

2014 އޮކްޓޫބަރު 05 ން 31 އާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ޕްރެކްޓިކަލް އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރުހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

11 ސެޕްޓެންބަރު 2014
ހޯދާ