މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މީޑިއާ ކައުންސިލަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ނަމާއި ކެންޑިޑޭޓް ނަމްބަރު ތަރުތީބުކުރެވިފައިވާ ގޮތް.

އިޢުލާނު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބު ކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރު ހަމަވެފައިވާތީ، މިކައުންސިލަށް އަލުން މެންބަރުން ކުރިމަތިލުމަށް ކުރި ނަންބަރު (IUL)10-M/10/2014/19 ގެ އިޢުލާނާ ގުޅިގެން މީޑިއާ ކައުންސިލަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން މިއިންތިޚާބުގައި މީޑިއާތަކުން ތަމްސީލުކުރާ 8 މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ތިރީގައި މިވަނީ އެފަރާތްތަކުގެ ނަމާއި ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތެވެ.

  1. ޙަސަން ޒިޔާއު/ ބޯށިވަލުގެ، ސ. ހިތަދޫ ، ދިވެހިރާއްޖޭގެ އަޑު
  2. ޙަފްސީ ޢަބްދުﷲ/ ދަފްތަރު ނަމްބަރ ރސ 7921، ޓެލެވިޜަން މޯލްޑިވްސް
  3. މުޙަންމަދު ޖަމީލު/ ކަންމަތީގެ، ގދ. ހޯޑެއްދޫ، ދިވެހި.އެފް.އެމް
  4. މުޙަންމަދު ރަފީޤު/ އޮއިވާލި، ގއ. ކޮލަމާފުށި، އެޓޯލް ޓީވީ
  5. އަނަސް ޢަލީ/ ގ. ހިޔާ،   މޫންލައިޓް
  6. މިއުސަމް ޢައްބާސް/ ބަހާރީވިލާ، ގދ. ރަތަފަންދޫ، އުތުރު. ކޮމް
  7. އަޙުމަދު ޙަމްދޫން/ އަބުހަރީގެ، ސ. ހިތަދޫ، ހަވީރު ނޫސް
  8. މުޙަންމަދު އާމިރު އަޙްމަދު/ ހުސްނުހީނާގެ، ގދ. ފަރެސް ، ދުވަސް އޮންލައިން
  9. މުޙަންމަދު ޢާޞިފް/ މ. ރަތްވިލާ، ވީޓީވީ
  10. އާދަމް ޙަލީމް/ ތުނޑި، ރުއްކޮށީގެ، ލ. ގަން، ވީ އޮންލައިން
  11. އިމާދު ޙަސަން ލަޠީފް/ ހ. މާވަޑިއާގެ، ވީ.އެފް. އެމް
  12. އަޙްމަދު ރިފާޢު/ ޝަރުޠު ، ބ. ތުޅާދޫ/ ވީކްލީ

މީޑިއާ ކައުންސިލް އިންތިޚާބުގައި އާންމު ފަރާތްތަކުން ތަމްސީލުކުރާ 7 މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ތިރީގައި މިވަނީ އެފަރާތްތަކުގެ ނަމާއި ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތެވެ.

  1. ޢަބްދުއްލަޠީފް އަޙްމަދު / މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު 2345، އަމިއްލަގޮތުން
  2. ޢާއިޝަތު ޙުސައިން މަނިކު/ ހ. ރީދޫކޮކާގެ، އަމިއްލަ ގޮތުން
  3. ޒުހުރާ މޫސާ/ ބިލިމަގުގަސްދޮށުގެ، އއ. ރަސްދޫ، އަމިއްލަގޮތުން
  4. އަޙުމަދު އަދްހަމް ޢަބްދުﷲ/ މއ. މާވެޔޮގެ، އަމިއްލަގޮތުން
  5. އުލްފާ ފާއިޒު/ މ. ޒޭވަރު، އަމިއްލަގޮތުން
  6. މުޙަންމަދު ރަފީޢު/ މ. ހޯރަވިލާ، އަމިއްލަ ގޮތުން
  7. އަޙްމަދު ޝަރީފު ނަފީސް/ ދަފްތަރު ނަމްބަރ ރސ 1119، އަމިއްލަގޮތުން
  8. އަޙްމަދު މިޒުމާދު/ މއ. ލޫޕިން، އަމިއްލަ ގޮތުން
  9. މުޙަންމަދު ވަހީދު ޢަލީ/ ގ. ރަންގެހި، އަމިއްލަ ގޮތުން
  10. ފަޔާޒް ޔޫސުފް/ ދުނގެތިމާގެ، ށ. ފޭދޫ، އަމިއްލަގޮތުން
  11. އަމްޖަދު ޙުސައިން / އުއްމީދު، ގއ. ކޮނޑޭ، އަމިއްލަގޮތުން
  12. އުބައިދު މުޢާޒް/ މ.މ. ދަފްތަރު 1464، އަމިއްލަ ގޮތުން

އާންމުން މެންބަރުންގެ ގޮތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މިނިސްޓަރ ކަނޑައަޅުއްވާ 14 ނަމެއް އިންތިޚާބަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސަވާފައި އޮތް ނަމަވެސް އާންމު މެންބަރުންގެ ގޮތުގައި 12 ފަރާތަކުން ކުރިމަތިލައްވާފައިވާތީ މި ހުރިހާ ފަރާތްތަކަށްވެސް ވަނީ ފުރުޞަތުދެއްވާފައެވެ. މިގޮތުން ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

 16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ