ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 6,295.00 ރުފިޔާ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1,659.00 ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 2

މަގާމްގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީ/ސެންޓަރ، ކެމްޕަހާއި އިދާރީ މަރުކަޒުގެ ސެކްޝަންތަކުން ފޮނުވާ ތަކެއްޗަށް އެދޭ ފޯމްތައް ލިބުމުން، އެންޓްރީން ނެގުން.
  • ރިކްއެސްޓް ލިސްޓްތައް އަޕްޑޭޓްކުރުން.  (ފޮތާއި ކޮމްޕިޔުޓަރުތަކުގައިވާ ލިސްޓް އަޕްޑޭޓްކުރުން.)
  • ތަކެތި ލިބެންހުރި ތަންތަން ބަލައި، އަގުހޯދުމަށް ހަމަޖެހިފައިވާ އުސޫލުން އަގުހޯދުމާއި، އަގުޖެހުމުން ވެރިއަކަށް އެންގުން.
  • ޕާރޗޭސް އޯރޑަރުތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު އެއެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންދިޔުން.
  • ދުވަހުން ދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ޚިދުމަތް ވަގުތުން ހޯދުމާއި، ވަގުތުން ނުލިބޭ މުދާ، ޚިދުމަތް ލިބޭނެ މުއްދަތެއް ކަނޑައަޅައިގެން މަސައްކަތްކުރުން.
  • މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޒަރީއާއި، އޯޑިޓް އޮފީހާއި، ކޮލެޖުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ތަކެތި ހޯދުމުގެ މަސައްކަތްކުރުން.
  • ނުހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މައުލޫމާތު ލަސްވެގެން ކޮންމެ ހަފުތާޔަކު އެއްފަހަރު މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި، ހަމަޖައްސާ އުސޫލާ އެއްގޮތަށް ޢަމަލުކުރުން.
  • އެކިފެކަލްޓީ/ސެންޓަރ، ކެމްޕަސް،  ކޮލެޖުގެ ސެކްޝަންތަކަށް ހޯދޭ ތަކެތި ލަސްވެގެން ދެ ދުވަހުގެ ތެރޭގައި  ގަވާއިދުން ހަވާލުކުރަމުން ގެންދިޔުން.
  • ގަނެގެން ގެނެވޭ ތަކެތީގެ ފެންވަރު ބެލުމާއި، ކޮލިޓީތަކެތި ގަތުމަށް ބާރުއަޅާ މަސައްކަތްކުރުން.
  •  ބޭނުންވާ މުދަލެއް ނުވަތަ ބަދަލު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަގުތުން ކުރުން.
  • ތަކެތި ވިއްކާ ފަރާތުގެ މައުލޫމާތު، ކޮންޓެކްޓް މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ބޯޓަށް އަރުވަންޖެހޭ މުދާ، ބޯޓުން ބާލަންޖެހޭ މުދާ ބޭލުމާއި އޭގެ ނާލުގެ މައްސަލަ މަޝްވަރާކުރެވި ގޮތްތަކެއް ނިންމުން.
  • ރާއްޖެއިން ބޭރުން ގެނެވޭ މުދާ ކްލިއަރކުރުމާއި، އެ މުދަލެއް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުން.
  • ނުގަނެވޭ ތަކެތީގެ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  •  ސެކްޝަނުގެ ތެރޭގައި ކުރަންޖެހޭކަމަށް ބެލެވޭ އިމަޖެންސީ ކަންތައްތަކާއި، އެހެނިހެން ކަންތައްތައް ކުރުމުގައި އެހީތެރިކަން ދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ސެޕްޓެންބަރު  18 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 6 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
11 ސެޕްޓެންބަރު 2014
ހޯދާ