ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ބަނދަރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު ބަނދަރުން ހަލާކުވެފައިވާ ތަންތަން މިކައުންސިލުން (ވ.ތިނަދޫ ކައުންސިލުން) މައިގަނޑު ތަކެތި ދިނުމުން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014ވާ އާދީއްތަ ދުވަހުގެ މިދާރާ ބަންދުވުމުގެ ކުރިން މިއިދާރާގެ ނަންބަރު 6700604 ފޯނާ ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަދި 11:00 ގެ ފަހުން ދުރުވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނަދޫ ބަނދަރު މަރާމާތުކޮށްދިނުން އެދި" މިހެންލިޔެފަ އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެއީކާކުކަން އެނގޭފަދަ ލިއުމެއް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވާނީ 18 ސެޕްޓެންބަރު 2014 ގެ 11:00 ގައި ވ.ތިނަދޫ ކައުންސިލުގެ އިދާރާގައި އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކާ އެއްހާޒިރުގައެވެ. ނަމަވެސް، ފެންވަރު ކަނޑައަޅާ ކޮމިޓީން ބެލުމަށްފަހު ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށްފަހު އަންދާސީހިސާބުގެ އެއްވެސް ލިޔުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.

މާކްސް ދެވޭ ގޮތްތައް:

#

މާކްސް ދެވޭގޮތް

މާކްސް ދެވޭ މިންގަނޑުތައް

ތަފުސީލު

01

% 70

އަގު

ޚިދުމަތުގެ އަގަށް ދެވޭ މާކްސް

މާކްސް ދެވޭނީ މިކައުންސިލުގެ ފެންވަރު ކަނޑައަޅާ ފާސްވާ ފަރާތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން މާކްސް ދެވޭގޮތުގައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށެވެ.

02

% 15

މުއްދަތު

އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުރު މުއްދަތަށެވެ.

03

% 15

ތަޖުރިބާ

އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

01 ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02 ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.

03 ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ