ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ އިމާރާތްތަކުގައި ހުރި މަރާމާތުތައް ކުރުން

މިހޮސްޕިޓަލުގައި ހުރި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތްތެއް ހޯދުމަށް ކުރި ނަންބަރު IUL)FAH-A/2014/13)ފ(17 އޮގަސްޓު 2014) ގެ އިޢުލާނަށް އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިވާތީ އެއިޢުލާނު ބާޠިލު ކުރުމަށްފަހު، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1 ހޮސްޕިޓަލުގެ ކުލިނިކަލް ބައިގެ ބައެއް ދޮރާއި ދޮރުފަތްތައް އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުން

2 ހޮސްޕިޓަލުގެ އޮފީސް އިމާރާތުގެ ބައެއް ދޮރާއި ދޮރުފަތްތައް އެލްމެނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުން

3 ހޮސްޕިޓަލުގެ ކުލިނިކު ބައިގެ އިމާރާތުގެ ބައެއް އަސްކެނިތަކުގެ ސީލިންގ ބަދަލުކުރުން

4 ހޮސްޕިޓަލުން ކަނޑައަޅާ އަދަދަކަށް ކުލައާއި ދަވާދު އަދި ލެޑްބޮކި ސަޕްލައިކޮށްދިނުން

މިކަމަށް އެދޭ ފަރާތަކުން 11 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 13:00 އަށް ހޮސްޕިޓަލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 17 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާމެދު އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވެލައްވާ ފަރާތްތަކުން 7835057 ނަންބަރާ ގުޅުއްވައިގެން އެކަމެއް ސާފުކުރެއްވުން އެދެމެވެ.

07 ސެޕްޓެންބަރު 2014
ހޯދާ