ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގެ އިންވިޖިލޭޓަރުން ހޯދުމާބެހޭ

2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގެ އިންވިޖިލޭޓަރުން ހޯދުމާބެހޭ:                                                                                                     

2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ، އެކަމަށް ޝަރުޠު ފުރިހަމަވާ ބޭފުޅުން ބޭނުންވެއެވެ. މިކަމަށް އެދޭ ފޯމު 2014 ސެޕްޓެންބަރު 02 ން ފެށިގެން 2014 ސެޕްޓެންބަރު 18 ގެ ނިޔަލަށް، މިޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 14:30 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން މިޑިޕާޓްމަންޓަށް ވަޑައިގެން އެޕްލިކޭޝަން ފޯމު ނެންގެވުމަށްފަހު 2014 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 14:30ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

05 ޛުލްޤަޢިދާ 1435

31 އޮގަސްޓް 2014
ހޯދާ