މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް 4

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/5020 ރ ، ސަރވިސް އެލަވަންސް: -/1500 ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ޕްރޮޖެކްޓް މެނޭޖްމަންޓް / ރެފްރިޖަރޭޝަންގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް / ރެފްރިޖަރޭޝަންގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް މުރާޖަޢާ ކުރުމުގެ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  2. ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ ޤާނޫނުތައް ތަންފީޒު ކުރުމަށް ބޭނުންވާ ގަވާއިދުތަކާއި ގައިޑްލައިންތައް އެކުލަވާލުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  3. ތިމާވެށި ހިމާޔަތްކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢާންމުން ހޭލުންތެރިކުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.
  4. ތިމާވެށިގެ ގޮތުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފުވެ ތިމާވެށި ތަޣައްޔަރު ކުރާ ފަރާތްތައް ޖޫރިމަނާކުރުމާއި ދޭންޖެހޭ އަދަބުތައް ބަލައި އެކަމާގުޅޭ ޕޮލިސީތައް ހެދުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  5. ލީގަލް ޔުނިޓުގެ މަސައްކަތްތަކާ ގުޅިގެން ރާވަންޖެހޭ ބައްދަލުވުން/ވާރކްޝޮޕް ރާވައި ހިންގުން.
  6. ތިމާވެށީގެ ޤާނޫނާއި ގަވާއިދުތައް އެކުލަވާލުމާއި މުރާޖަޢާ ކުރުމުގައި، ކަމާގުޅޭ ދާއިރާތަކުގެ ކޮމެންޓް ހޯދުމުގެ އެންމެހާ ކަންތައްތައް ރާވައި ހިންގުމާއި އެކި ފަރާތްތަކުން އެއްކުރެވޭ ކޮމެންޓުތައް ކޮމްޕައިލްކުރުން.
  7. ލީގަލް ޔުނިޓުގެ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން.
  8. ސަރުކާރުގެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއަށް އެއްބަސްވުންތަކާއި އެފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018330، 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އެކައުންޓްސްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
  2. ދައުލަތުގެ މާލިއްޔަތާ ބެހޭ ގަވާއިދަށް އަޙުލުވެރިވެފައިވާ މިންވަރު.
  3. ފަރިތަކަމާއެކު ދިވެހި ބަހާއި، އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މިންވަރު.
  4. މަޢުލޫމާތު އެއްކޮށް ދިރާސާކޮށް ރިޕޯޓު ފަދަ ތަކެތި ތައްޔާރުކުރުމުގެ ހުނަރު ހުރި ފަރާތަކަށްވުން.
  5. މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރި ވެފައިވާ މިންވަރު.
  6. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަވިއު، ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން 21 ސެޕްޓެންބަރު 2014 އާއި 21 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                         13  ޛުލްޤަޢިދާ 1435  

08 ސެޕްޓެންބަރު 2014
ހޯދާ