މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ބައެއް ހާޑްވެއަރ ގަންނަން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އާ ގުޅުންހުރި ބައެއް ހާޑްވެއަރ ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2014/85) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި ހިމެނޭ ބައެއް ތަކެއްޗަށް 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ ތަކެތި ގަތުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

08 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ